ކ. މާލެ
|
1 ޖުލައި 2022 | ހުކުރު 17:37
ބީޖޭޕީ ގެ ކުރީގެ ސްޕޯކްސްޕަރސަން ނުޕުރް ޝަރުމާ
ބީޖޭޕީ ގެ ކުރީގެ ސްޕޯކްސްޕަރސަން ނުޕުރް ޝަރުމާ
އިންޑިއާ ޓައިމްސް
އިންޑިޔާގެ ހަމަ ނުޖެހުން
ގައުމުގައި މިވަގުތު ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ނުޕުރް ޝަރުމާ އެކަނި: ސުޕްރީމް ކޯޓު
ހަމަނުޖެހުން ތަކުގައި މުސްލިމުންގެ ގެދޮރާ މުދަލަށް ދަނީ ގެއްލުން ދެމުން

ކީރިތި ރަސޫލާصَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް އިހާނެތިބަސް ބޭނުން ކުރިމައްސަލައިގައި އިންޑިޔާގައި މުސްލިމުންނާއި ހިންދޫންނާއި ދެމެދު ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރު ވެފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ސުޕްރީމް ކޯޓުން ބީޖޭޕީގެ ކުރީގެ ސްޕޯކްސް ޕަރސަން އަށް ނިސްބަތްކޮށް ވަރުގަދަ ބަހެއް ބުނެފިއެވެ.

ސުޕްރީމް ކޯޓުން ހުކުރު ދުވަހު ބުނެފައިވަނީ އެގައުމުގައި މިހާރު ކުރިޔަށްދާ ހުރިހާ ހަމަނުޖެހުމެއްގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ބީޖޭޕީގެ ކުރީގެ ސްޕޯކްސް ޕަރސަން ނުޕުރް ޝަރުމާ އެކަނި ކަމަށެވެ. ކޯޓުން އިތުރަށް ބުނީ އުދައިޕޫރުގައި މީހެއްގެ ބޯކަޑާލުމާ ހަމަޔަށް ކަންތައްތައް ދިޔައީވެސް ނުޕުރް ޝަރުމާ ބުނި އެއްޗެއްގެ ސަބަބުން ކަމަށެވެ.

އުއްތަރްޕްރަދޭޝްގެ ޒަމާންވީ މިސްކެތެއްގެ މައްސަލައިގައި ދެކެވެނު ވާހަކައެއްގައި ރަސޫލާصَلَّى اللهُ عَلَيْهِ وَسَلَّمَއަށް ނިސްބަޔްކޮށް ނުޕުރް ޝަރުމާ ބޭއަދަބީ ބަސް ބޭނުން ކޮށްފައިވުމުން މުސްލިމް އެތައް ގައުމަކުންވެސް ވަނީ އެކަން ކުށްވެރިކޮށް ޑިޕްލޮމެޓިކް ގުޅުން ކަނޑާ ހަމަޔަށް ގޮސްފައެވެ. މިއާއެކު ބީޖޭޕީން ވަނީ އޭނަ ޕާޓީން ވަކިކޮށްފައެވެ. އެހެން ނަމަވެސް ހަމަނުޖެހުންތަކަށް ހުއްޓުމެއް ނާނެއެވެ. އުދައިޕޫރުގައި ބޯކެޑި ހާދިސާ އަށް ފަހު މުސްލިމުންގެ ފިހާރަ ތަކާ ގެދޮރަށް ގެއްލުންދީ ހުޅުޖެހުން ވަނީ އިތުރު ވެގެން ގޮސްފައެވެ. އެއާއެކު ސަރުކާރުން ވަނީ ބޭރަށް ނުކުމެ އުޅުން މަނާވެސް ކޮށްފައެވެ.

އުދައިޕޫރުއަކީ ޓުއަރިޒަމްގެ ގޮތުން ވަރަށް މަޝްހޫރު ސިޓީ އަކަށް ވާއިރު މި ހަމަނުޖެހުމުގެ ސަބަބުން ޓުއަރިޒަމް އިން ލިބޭ އާމްދަނީ ވެސް ވަނީ ބަންދު ވެފައެވެ.  

ސުޕްރީމް ކޯޓަށް ޕެޓިޝަން އެއް ހުށައަޅަމުން ނުޕުރް ޝަރުމާ ބެނެފައިވަނީ އޭނާއަށް މަރުގެ އިންޒާރު ލިބެމުން ދާކަމަށާ ދައުލަތުގެ ހިމާޔަތަށް އެދޭ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުންވަނީ އޭނާޔަށް ހިމާޔަތް ދިނުމަށް އިންކާރު ކޮށްފައެވެ. އަދި ބުނެފައިވަނީ ނުޕުރް ޝަރުމާ މީހަކާބެހޭގޮތުން އިދާރާއަކަށް ޝަކުވާއެއް ކޮށްފިނަމަ ހައްޔަރުކުރެވެނީ އެމީހަކުކަމަށެވެ. އެކަކަށްވެސް ނުޕުރު ޝަރުމާއާއި ބެހިލާކަށް ނުކެރޭ ކަމަށެވެ.

މިއިންވެސް ނުޕުރް ޝަރުމާގެ ބާރުހުރި ވަރު ހާމަވާކަމަށެވެ. މި އިބާރާތުން ކޯޓުން އިޝާރާތް ކޮށްފައިވަނީ ފެކްޓްފައިންޑް ކޮށް ލިޔާ މުސްލިމް ޖަރނަލިސްޓް މުހައްމަދު ޒުބައިރު އަށެވެ. ރަސޫލާއަށް އިހާނެތި ކުރެވުނު މައްސަލައިގަ ޒުބައިރު ލިޔުނު އެއްޗަކާގުޅިގެން ދިއްލީ ފުލުހުން ވަނީ 2018 ވަނަ އަހަރު އޭނާކުރި ޓްވީޓްއަކާ ގުޅިގެންކަމަށް ބުނެ އޭނާ ހައްޔަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް