Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 15:16
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ބައްދަލުކުރައްވަނީ
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
އެމެރިކާ ސަފީރުގެ ބައްދަލުވުން
ސުލްހަވެރި ޑެމޮކްރެޓިކް ހަރަކާތަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިވާނެ: ސަފީރު
ރައީސުލް ޖުމހޫރިއްޔާއާ އެމެރިކާގެ ސަފީރު ބައްދަލުކުރެއްވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި

މިނިވަންކަމާ އަދި އިންސާނީ ހައްގުތައް އެންމެނަށް ލިބިދެވޭނެހެން ދިވެހިރާއްޖޭގައި ސުލްހަވެރި ޑިމޮކްރަސީ ކުރިޔަށް ގެންދިއުމަށް އެމެރިކާއިން އެއްބާރުލުން ދޭނެކަމަށް އެ ގައުމުން އަނެއްކާ ވެސް ދިވެހި ސަރުކާރަށް ކަށަވަރުކޮށްދީފިއެވެ.

 

އެމެރިކާ ސަރުކާރުން މިވާހަކަ ދިވެހި ސަރުކާރާ ހިއްސާކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް  އަންގާރަ ދުވަހު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ސަފީރު ވަނީ މި ވާހަކަ ރައީސް އަށް ދެންނެވި ކަމަށް ޓްވީޓްކުރައްވާފައެވެ. 

 

 

މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏ ‏ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މަޝްވަރާ ކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

 

 

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

 

އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަރިހުގައި ޕޮލިޓިކަލް އޮފިސަރ މިސްޓަރ ޕެޓްރިކް ޓިލޯ އާއި، އެމެރިކާ އެމްބަސީގެ އިކޮނޮމިކް ޗީފް މިސްޓަރ ޕަރްތާ މަޒުމްދާރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް