ކ. މާލެ
|
1 ޖުލައި 2022 | ހުކުރު 11:21
އިންޑިޔާގެ ޑޮކްޓަރ ފެމިލީގެ ބައެއް މެމްބަރުން
އިންޑިޔާގެ ޑޮކްޓަރ ފެމިލީގެ ބައެއް މެމްބަރުން
ވަޔަން
ޑޮކްޓަރސް ޑޭ
އިންޑިޔާގެ "ޑޮކްޓަރ ފެމިލީ" : އާއިލާގެ އެންމެންނަކީ ޑޮކްޓަރުން
 
މި އާއިލާގައި 150 ޑޮކްޓަރުން ހިމެނޭ ކަމަށްވޭ

މިއަދު، 1 ޖުލައި އަކީ އިންޑިޔާގައި ނެޝަނަލް ޑޮކްޓަރސް ޑޭގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އެހެން ކަމުން މިއީ އިންޑިޔާގެ ޚާއްސަ އާއިލާއަކާބެހޭ މައުލޫމާތު ހިއްސާކޮށްލުމަށް ވަރަށް މުނާސަބު ވަގުތަކަށް ވާނެއެވެ. އެއާއިލާއަކީ "ޑޮކްޓަރ ފެމިލީ"ގެ ނަމުން މަޝްހޫރު ވެފައިވާ ހުސް ޑޮކްޓަރުން ހިމެނޭ އާއިލާއެކެވެ.

ދިއްލީއަށް ނިސްބަތްވާ ސަބަރްވާލް އާއިލާގައި މިވަގުތު 150 ޑޮކްޓަރުން އެބަތިބި ކަމަށް ވެއެވެ. މީގެ ސަތޭކަ އަހަރު ކުރިން ނުވަތަ 1920 ވަނަ އަހަރުން ފެށިގެން އެއާއިލާގެ ކޮންމެ މެމްބަރަކުވެސް އަންނަނީ ޑަކްޓަރުންނަށް ވަމުންނެވެ. ސަބަރްވާލް އާއިލާއިން ދެކެނީ ޑޮކްޓަރުކަމުގެ ޕްރޮފެޝަނަކީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ވުރެބޮޑަށް ކުރިމަތިލާ ޗެލެންޖު ނުވަތަ ގޮންޖެހުމެއްގެ ގޮތުގައެވެ. މުޖްތަމައަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުގައެވެ. އަދި "ކާފަ" ގެ ނަން ދިރުވަން ލެވޭ ހިތްވަރެއްގެ ގޮތުގައެވެ.

އާއިލާއާ މިހާރު ވަކިވެ ގޮސްފައިވާ އިސް މެމްބަރުންގެ ފޮޓޯތަކަކަށް އިޝާރާތްކުރައްވަމުން ކައިވެނީގެ ގޮތުން އާއިލާ އާއި ގުޅިފައިވާ ޑޮކްޓަރ ގްލޮސީ ސަބަރްވާލް ވިދާޅުވި ގޮތުގައި މިކަން ފެށިގެން އައީ 1920 ވަނަ އަހަރު، އެއާއިލާގެ އެންމެ އިސް ބޭފުޅާކަމަށް ބެލުނު ލާލާ ޖީވަން މާލް އާއި ހަމައިންނެވެ. އޭނާ އޭރު ވަނީ ޕާކިސްތާންގެ ޖަލާންޕޫރު ސިޓީގައި ކުޑަ ހޮސްޕިޓަލެއް ހުޅުއްވާފައެވެ. އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ އޭރު ވިދާޅުވެފައިވަނީ ޤައުމުގެ މުސްތަޤްބަލް ރޯޝަން ކުރެވޭނީ ހަމައެކަނި ރަނގަޅު ތައުލީމާއި ރަނގަޅު ސިއްޙީ ފަރުވާ ދެވިގެން ކަމުގައެވެ. މިބަސްފުޅުން ހިތްވަރު ލިބި، ލާލާ ޖީވަން މާލް، އޭނާގެ ތިބި ހަތަރު ފިރިހެން ދަރިންނަށް ޑަކްޓަރުކަން ކިޔަވާ ދިނުމަށް ނިންމެވީއެވެ. އަދި އިންޑިޔާއާއި ޕާކިސްތާން ވަކިވުމަށްފަހު އެއާއިލާއިން ދިއްލީއަށް ބަދަލުވުމަށް ފަހުވެސް، ސަޤާފަތެއް ގޮތަށް މިކަން ކުރިޔަށް ގެންގޮސްފައިވާ ކަމަށް ޑޮކްޓަރ ގްލޮސީ ސަބަރްވާލް ކިޔާދެއްވިއެވެ.

ޑޮކްޓަރސް ފެމިލީ އާއި މިހާރު ވަކިވެގޮސްފައިވާ މެމްބަރުން

އާއިލާގެ އެންމެން ޑަކްޓަރުންނަށް ހަދަން ފެށި މަސައްކަތަށް މިހާރު 102 އަހަރު ވެފައިވާއިރު، މިކަމަކީ ހުރިހާ އިރަކު އެހާ ފަސޭހައިން ހާސިލްވާކަމެއް ނޫންކަން އާއިލާގެ އެހެން މީހަކު ފާހަގަކޮށްފައިވެއެވެ. އެއް ކުއްޖަކު މެނޭޖްމަންޓުގެ ރޮނގުން ކިޔަވަން ބޭނުންވެގެން އެކަން ފެށިކަމަށާއި ނަމަވެސް ވިސްނުން ބަދަލު ކުރުމަށް މާމަ އެދި އާދޭސްކޮށް ހެދިވަރުންނާއި އާއިލާގެ އެހެން މެމްބަރުންގެ ހިތްވަރާއެކު ޚިޔާލު ބަދަލުކޮށް މިހާރު އޭނާވެސް ކާމިޔާބު ސާރޖަންއަކަށް ވެފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ދިއްލީގައި ހުންނަ މިދެންނެވި ޖީވަންމާލް ހޮސްޕިޓަލަކީ ފަޤީރުންނަށް އެހީވުމުގެ ގޮތުންވެސް މަޝްހޫރު ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށްދާ އެއްވެސް މީހަކު ފައިސާ ނެތިގެން އެނބުރިދާކަށް ނުޖައްސައެވެ. އާއިލާގެ ދެ ޑޮކްޓަރުން މިދިޔަ އަހަރުވަނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވެސް ވެފައެވެ. އާއިލާގެ އެހެން ޑޮކްޓަރެއް ކަމަށްވާ ޑރ ވިނޭ ވިދާޅުވި ގޮތުގައި ޑަކްޓަރުކަމަކީ އެހާ ބުރަކޮށް ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭ ދާއިރާއަކަށް ވާތީ، އަދުގެ ޒުވާނުން މިކަމަށް ހިތް ލެންބުވުން އެހާ ފަސޭހައެއް ނޫނެވެ. އާއިލާގެ އުންމީދަކީ ކައިވެނީގެ ގޮތުން ގުޅޭ ފަރާތްތަކަކީވެސް ޑަކްޓަރުންނަށްވެ، މި ސަޤާފަތް ދެމެހެއްޓުމެވެ.

ޑަކްޓަރުންގެ ދުވަސް އެކި ޤައުމުތަކުގައި ފާހަގަކުރަނީ އެކި ދުވަހުއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
19%
6%
0%
25%
19%
31%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ