ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 20:41
ބާސާގެ ރައީސް ލަޕޯޓާ
ބާސާގެ ރައީސް ލަޕޯޓާ
ޓްވީޓަރ
ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުކުރުން
ބާސެލޯނާގެ ޓީވީ ރައިޓްސްއިން ބައެއް ވިއްކާލައިފި
 
މި ޑީލުގެ ސަބަބުން ބާސެލޯނާއަށް މި ސީޒަންގައި ކުޅުންތެރިން ހޯދުމަށް 267 މިލިއަން ޔޫރޯ ލިބޭނެ

ސްޕެއިންގެ ގަދަ ބާރެއްކަމުގައިވާ ބާސެލޯނާއިން، އެކްލަބުގެ ޓީވީ ރައިޓްސްއިން ބައެއް ވިއްކާލައިފިއެވެ.

ފަންސަވީސް އަހަރުގެ މުއްދަތަކަށް ބާސެލޯނާއިން ޓީވީ ރައިޓްސްގެ 10 ޕަސެންޓު ވިއްކާލާފައިވަނީ ސިކްސްތު ސްޓްރީޓް ކުންފުންޏަށެވެ. މިއީ އެކްލަބުގެ މާލީ ހާލަތު ރަނގަޅުކޮށް، ވާދަވެރި ފުޓްބޯޅައެއް ކުޅުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބާސެލޯނާއިން ފާހަގަކުރެއެވެ. މި ޑީލުގެ ސަބަބުން ބާސެލޯނާއަށް މި ސީޒަންގައި ކުޅުންތެރިން ހޯދުމަށް 267 މިލިއަން ޔޫރޯ ލިބޭނެއެވެ.

މިކަމާގުޅިގެން ބާސެލޯނާގެ ރައީސް ލަޕޯޓާ ވިދާޅުވީ، ސިކްސްތު ސްޓްރީޓަކީ ފުޓްބޯޅައާއި ދުނިޔޭގެ ފެންވަރުގައި ކުޅިވަރުތަކަށް އިންވެސްޓުކުރުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށެވެ. އަދި މި ޑީލުގެ ސަބަބުން ބާސެލޯނާގެ މުސްތަގުބަލަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ލަޕޯޓާ ވިދާޅުވިއެވެ.

ބާސެލޯނާއިން އަންނަނީ ޓީމުގެ ލެޖެންޑު ލިއޮނެލް މެސީ ކްލަބު ދޫކޮށްލި ފަހުން މާލީ ގޮތުން ބޮޑު ގެއްލުންތަކަކާ ކުރިމަތިލަމުންނެވެ. މެސީ ޓީމުން ވަކިވުމާއެކު އެޓީމަށް އެންމެ ބޮޑު ދަތިކަމަކާ ކުރިމަތިލާންޖެހުނީ މާލީ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް