Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 14:06
މުހައްމަދު ނަޝީދު (ކާނަލް)
މުހައްމަދު ނަޝީދު (ކާނަލް)
ޓްވިޓަރ
ތައިލޭންޑަށް ސަފީރެއް
ތައިލެންޑްގެ ސަފީރުކަމަށް ކާނަލް ނަޝީދު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި
ކާނަލް ނަޝީދަކީ ޑީއަރުޕީގެ ލީޑަރ، މިހާރު ވަނީ ސަރުކަރާއެކު ކޯލިޝަން ހަދާފަ

ތައިލެންޑްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށްޓައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ހ. ފޮއްދޫގެ، މުހައްމަދު ނަޝީދު (ކާނަލް) އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ކާނަލް ނަޝީދަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 70 މެމްބަރުންގެ އިއްތިފާގުންނެވެ.  

ކާނަލް ނަޝީދުގެ ނަން ދިރާސާކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވާފައި ވަނީ މިދިއަ ހަފްތާގައި އެވެ. ކޮމެޓީން ނިންމާފައިވަނީ ކާނަލް ނަޝީދަށް ރުހުން ދިނުމަށެވެ.

ޑީއާރުޕީގެ ލީޑަރު ކާނަލް ނަޝީދަށް ސަފީރުކަން ހަމަޖެހިގެން މިދިޔައީ  މިސަރުކާރާއި ގާތް ގުޅުމެއް ބާއްވަން ފެއްޓެވިތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައެވެ.

މެމްބަރުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ޑީއާރުޕީން ވަނީ ސަރުކާރާ އެކު ކޯލިޝަން ހަދާފަ އެވެ.

ކާނަލް ނަޝީދަކީ ކުރިން އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް ޑީއާރުޕީ އުފެއްދުމުގައ އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން އެ ޕާޓީ ދޫކޮށް ވަޑައިގެންނެވުމުން، ޑިއާރުޕީގެ ލީޑަރޝިޕާއި ކާނަލް ނަޝީދު ހަވާލުވެވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް