ކ. މާލެ
|
29 ޖޫން 2022 | ބުދަ 22:52
ބާސެލޯނާއަށް ކުޅެމުން އަންނަ ކްލެމެންޓް ލޯންގްލޭ
ބާސެލޯނާއަށް ކުޅެމުން އަންނަ ކްލެމެންޓް ލޯންގްލޭ
މާސާ
ސަމަރ ޓްރާންސްފަރ
ލޯންގްލޭ ޓޮޓެންހަމްއަށް
 
ބާސެލޯނާއިން ފުރަތަމަ މަސައްކަތްކުރީ ޓޮޓެންހަމްއަށް ލޯންގްލޭ ވިއްކާލަން
 
ބާސެލޯނާގައި މިވަގުތު ހަތް ސެންޓަރ ބެކުން އެބަތިބި

ބާސެލޯނާގެ ޑިފެންދަރު ކްލެމެންޓް ލޯންގްލޭ އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ދާން އެއްބަސްވެއްޖެއެވެ.

މިއަންނަ ސީޒަންގައި ލޯންގްލޭ ޓޮޓެންހަމްއަށް ކުޅެން އެއްބަސްވީ ލޯނު އުސޫލުންނެވެ. އަދި މި ޑީލް ނިންމުމަށް މިހާރު ދެކްލަބުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯންގްލޭ ފުރަތަމަ މަސައްކަތް ކުރީ ރޯމާއަށް ދާށެވެ. ނަމަވެސް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ފުރަތަމަ 11ގެ ޕްލޭންގައި އޭނާ ނުހިމަނާތީ އެޚިޔާލު ދޫކޮށްލީއެވެ. އޭގެ ފަހުން އޭނާ ބޭނުންވީ ޓޮޓެންހަމްގައި ޕްރިމިއަރ ލީގު ކުޅޭށެވެ. ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަނީ ޓީމުގައި ލޯންގްލޭ ހިމެނުމަށް މަސައްކަތް ކުރަމުންނެވެ.

ބާސެލޯނާއިން ފުރަތަމަ މަސައްކަތްކުރީ ޓޮޓެންހަމްއަށް ލޯންގްލޭ ވިއްކާލާށެވެ. ނަމަވެސް ޓޮޓެންހަމްއިން ލޯންގްލޭ ބޭނުންވީ ލޯނު އުސޫލަށެވެ. އެއީ ލޯންގްލޭ ގަތުމަށްވުރެ ލޯނު އުސޫލުން އޭނާގެ ބޭނުންހިފުން އެޓީމަށް ފައިދާ ބޮޑުވުމުންނެވެ.

މި ޑީލް ނިންމުމަށް ދެކްލަބުން މަޝްވަރާ ކުރަމުން އަންނައިރު، ބާސެލޯނާއިން ބޭނުންވަނީ ލޯންގްލޭ މުޅި މުސާރަ ޓޮޓެންހަމްއިން އޭނާއަށް ދޭގޮތަށް ނިންމާށެވެ. ނަމަވެސް ޓޮޓެންހަމްއިން މަސައްކަތް ކުރަނީ މުސާރައިގެ ވަކި ވަރެއް ބާސެލޯނާއިން ދައްކާ ގޮތަށް ހަމަޖައްސާށެވެ. މިއަންނަ ހަފްތާގެ ހޯމަ ދުވަހު ލޯންގްލޭ އެނބުރި ބާސެލޯނާގެ ޓްރެއިނިންގއަށް ނިކުންނަން ޖެހޭއިރު، އެޓީމުން މަސައްކަތް ކުރަނީ އޭގެ ކުރިން މި ޑީލް ނިންމުމަށެވެ.

ބާސެލޯނާގައި މިވަގުތު ހަތް ސެންޓަރ ބެކުން އެބަތިއްބެވެ. ލޯންގްލޭގެ އިތުރުން މި ޑިފެންޑަރުންގެ ތެރޭގައި ހިމެނެނީ ޖެރާޑް ޕީކޭ، ރޮނަލްޑް އަރައުހޯ، އެރިކް ގާސިއާގެ އިތުރުން އޮސްކާ މިންގުއޭޒާ، ސަމިއުލް އުމްޓިޓީ އަދި އަންދްރޭސް ކްރިސްޓެންސެންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް