ކ. މާލެ
|
29 ޖޫން 2022 | ބުދަ 11:41
މި އިންގިލާބީ މަސައްކަތުގެ ތެރެއިން ބޯޑަރު ހުރަސްކޮށް ފެހި ރައުސުލްމާލު ދަތުރު ކުރާނެކަމަށް ޔީ ވަނީ ވިދާޅުވެފައި
ޗައިނާގެ ފެހި މާލިއްޔަތުގެ އަމާޒު
ޗައިނާގެ ތަރައްގީގެ ހުންގާނު، ފެހި މާލިއްޔަތުގެ އަމާޒަށް!
ފެހި މާލިއްޔަތުގެ ކަންކަން އެއް މިސްރާބަކަށް ގެންދިއުމަށްޓަކާ، ވިލާތުގެ ބައިވެރިންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ފާހަގަކޮށްފައިވޭ
މިދިޔަ ނޮވެމްވަރު މަހު ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހަލުވެރި ކުރުވުމުގެ ގޮތުން ދޭދޭ މަސްލަހަތު އޮތް 55 ކަމެއް ފާހަގަކޮށްފައި
ޕީބީއޯސީ އަމާޒު ހިފާފައި ވަނީ ފެހި މާލިއްޔަތުގެ ތެރެއިން، "ފެހި ބެލްޓް އެންޑް ރޯޑް" ކުރިއެރުވުމަށް

ފެހި މާލިއްޔަތުގެ އަމާޒުތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ކުރިއެރުވުމަށްޓަކާ ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) ނުވަތަ ޗައިނާގެ މަރުކަޒީ ބޭންކުން، ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވަރަށް ގާތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ ރޮނގުން މިހާރުވެސް ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް، އެ ބޭންކުގެ ގަވަރުނަރު ޔީ ގޭންގް ވިދާޅުވެއްޖެއެވެ. 

ފެހި މާލިއްޔަތަކީ ތިމާވެށީގެ ގޮތުން މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަން ކަށަވަރު ކުރުމަށްޓަކައި އެ އޮނިގަނޑުގެ މައްޗަށް ބިނާ ކުރާ މާލީ ކޮންމެ ހަރަކާތަކަށް ދީފައިވާ ނަމެކެވެ.

ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވޯކް (ސީޖީޓީއެން)އަށް ދެއްވި ބަސްދީގަތުމެއްގައި ޕީބީއޯސީގެ ގަވަރުނަރު ޔީ ވިދާޅުވީ، ފެހި މާލިއްޔަތުގެ ކަންކަން އެއް މިސްރާބަކަށް ގެންދިއުމަށްޓަކައި، ވިލާތުގެ ބައިވެރިންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.

ފެހި މާލިއްޔަތުގެ ކަންކަން އެއް މިސްރާބަކުން ކުރިއަށް ގެންދިއުމުގައި ވިލާތުގެ ބައިވެރިންނާއެކު ކުރިއެރުންތަކެއް ހޯދިއްޖެ. ޕީޕަލްސް ބޭންކް އޮފް ޗައިނާއާއި ޔޫރަޕިއަން ކޮމިޝަނުން މި ދަނީ، ފެހި މާލިއްޔަތުގެ ކެޓަލޮގްތައް، 2020 ވަނަ އަހަރުން ފެށިގެން އަޅާ ބަލަމުން. އެގޮތުން މިދިޔަ ނޮވެމްވަރު މަހު އަހަރަމެން ވާނީ، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހަލުވެރި ކުރުވުމުގެ ގޮތުން ދޭދޭ މަސްލަހަތު އޮތް 55 ކަމެއް ފާހަގަކޮށްފައެވެ. އަދި ޖޫން 3 ވަނަ ދުވަހު އަހަރަމެން ވާނީ އެ ލިސްޓު އަޕްޑޭޓްކޮށްފަ، އިތުރު 17 އިގުތިސޯދީ ހަރަކާތަކާއެކު
ޕީބީއޯސީގެ ގަވަރުނަރު ޔީ ގޭންގް

މި އިންގިލާބީ މަސައްކަތުގެ ތެރެއިން ބޯޑަރު ހުރަސްކޮށް ފެހި ރައުސުލްމާލު ދަތުރު ކުރާނެ ކަމަށް ޔީ ވިދާޅުވިއެވެ. އަދި ޕީބީއޯސީ އަމާޒު ހިފާފައި ވަނީ ފެހި މާލިއްޔަތުގެ ތެރެއިން، "ފެހި ބެލްޓް އެންޑް ރޯޑް" ކުރިއެރުވުމަށް ކަމަށްވެސް ޔީ ވަނީ އިޝާރާތް ކުރައްވާފައެވެ. 

2019 ވަނަ އަހަރު ޗައިނާގެ މަރުކަޒީ ބޭންކުން ވަނީ، ޗައިނާގެ އެންމެ ބޮޑު އިގުތިސާދީ މެޝިން ކަމުގައިވާ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް، ގްރީން އިންވެސްޓްމަންޓް ޕްރިންސިޕްލްސް (ގިޕް) ތައާރަފު ކުރުމުގައި އިރުޝާދު ދީފައެވެ. އެ ގޮތުން ފެހި އިންވެސްޓްމަންޓްތަކަށް 7 އުސޫލެއް ކަނޑައެޅިއެވެ. މެއި 2022 ގެ ނިޔަލަށް ބަލާއިރު ގިޕްގައި 41 ފަރާތަކުން ވަނީ ސޮއެކޮށްފައެވެ. އަދި އިތުރު 14 ބައެއްގެ ތަރުހީބު ލިބެމުންދާކަން ޔީ ވަނީ ފާހަގަކުރައްވާފައެވެ. 

ކާބަން ނިއުޓްރާލިޓީގެ އަމާޒަށް ޗައިނާއިންވެސް އަމާޒު ހިފާފައިވާއިރު، ދޭދޭ ގުޅުންތަކާ 2 ފަރާތަށް ވުރެ ގިނަ ފަރާތުން ބައިވެރިވާ ގުޅުންތަކުގެ ތެރެއިން ފެހި މާލިއްޔަތު ކުރިއެރުވުމަށް ޗައިނާގެ މަރުކަޒީ ބޭންކުން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތަކެއް ކުރަމުން ދާނެ ކަމަށް އެ ޕީބީއޯސީގެ ގަވަރުނަރު ޔީ ވަނީ ވިދާޅުވެފައެވެ. 

ޗައިނާގެ ފެހި މާލިއްޔަތުގެ ސިޔާސަތުތަކަކީ، އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި، ފެން ސާފުކުރާ ޕްލާންޓްތަކާއި، ރީސައިކަލް ކުރާ ފެސިލިޓީ ފަދަ ވެއްޓާ ރައްޓެހި އިންވެސްޓްމަންޓްތައް ޕްރޮމޯޓް ކުރާ ސިޔާސަތުތަކެކެވެ. އާމަޒަކީ ޖައްވު ހޫނު ކުރާ ކާބަން ފުޓްޕްރިންޓް ވީހާވެސް ކުޑަކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރު ކުރުމެވެ.

- ކޮމެންޓް