ކ. މާލެ
|
29 ޖޫން 2022 | ބުދަ 10:48
ޗެމްޕިއަންކަން ހޯދި ލައިފްގާޑްގެ ޓީމް
ޗެމްޕިއަންކަން ހޯދި ލައިފްގާޑްގެ ޓީމް
ސްވިމިންގ ޕްރެޒިޑެންޓްސް ކަޕް
ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ލައިފްގާޑް ހޯދައިފި
 
ދެ ކެޓަގަރީންވެސް ދެވަނަ ހޯދީ ބުލޫފިން ސްޕޯރޓްސް

3 ވަނަ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕްގެ ދެ ޑިވިޝަންގެ ޗެމްޕިއަންކަންވެސް މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން (އެމް.އެލް.އޭ) ހޯދައިފިއެވެ. މުބާރާތުގެ އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީވެސް ލައިފް ގާޑް އެސޯސިއޭޝަނެވެ.

ދެ ކެޓަގަރީންވެސް ދެވަނަ ހޯދީ ބްލޫފިން ސްޕޯރޓްސްއެވެ. އަންހެނުން ޑިވިޝަންގެ 3 ވަނަ ހޯދީ މޫދުމާލިމީ އެވެ. އަދި ފިރިހެން ކެޓަގަރީގެ 3 ވަނަ ހޯދީ ކުލަބު ބޮޑުރިޔާއެވެ.

މުބާރާތުގެ އެއްވަނަ ފިރިހެން ފެތުންތެރިއަކީ އެމް.އެލް.އޭގެ މުޙައްމަދު އާން ޙުސައިންއެވެ. ދެވަނަ ހޯދީ އެމް.އެލް.އޭގެ މުޙައްމަދު ރިޙާން ޝިހާމެވެ. ތިންވަނަ ހޯދީ ބްލޫފިން ސްޕޯރޓްސްގެ ޢަލީ އިމްޢާން އެވެ.

އަންހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ ބްލޫފިން ސްޕޯރޓްސްގެ އައިޝަތު ސައުސަން އެވެ. ދެވަނަ ފެތުންތެރިއަކީ އެމް.އެލް.އޭގެ އައިޝަތު އުލްޔާ ޝާއިޤްއެވެ. ތިންވަނަ ފެތުންތެރިއަކީ އެމް.އެލް.އޭގެ މެރާލް އައިން ލަތީފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް