ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 19:51
ރޮނާލްޑޯއާއި ވެރާޓީ
ރޮނާލްޑޯއާއި ވެރާޓީ
މާސާ
ވެރާޓީގެ މުދަލުން ވައްކަންކުރުން
ރޮނާލްޑޯގެ ގެއެއްގައި ހުއްޓައި ވެރާޓީގެ މުދަލުން ވައްކަންކޮށްފި
 
ބައެއް ރިޕޯޓުތައް ބުނާގޮތުން، ގެއްލުނު ގަހަނާތަކާއި ފައިސާގެ ގެއްލުމުގެ އަދަދު 3 މިލިއަން ޔޫރޯއަށް އަރާނެ

ޕީއެސްޖީއަށް ކުޅެމުން އަންނަ މާކޯ ވެރާޓީ ޗުއްޓީ ހޭދަކުރުމަށް އިބީޒާގައި ހުއްޓާ އޭނާގެ މުދަލުން ވައްކަންކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ވެރާޓީގެ މުދަލުން ވައްކަންކުރީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ރޮނާލްޑޯ ނަޒާރިއޯގެ ގެއެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ. ވައްކަންކޮށްގެން ގެންދިޔަ ތަކެތީގެ ތެރޭގައި ވެރާޓީގެ ގަހަނާތަކަކާއި ފައިސާ ހިމެނެއެވެ. ހޯމަ ދުވަހުގެ ހެނދުނު ހިނގި މިހާދިސާ އެސަރަހައްދުގެ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ހާދިސާގެ ސަބަބުން ވެރާޓީއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން، ގެއްލުނު ގަހަނާތަކާއި ފައިސާގެ ގެއްލުމުގެ އަދަދު 3 މިލިއަން ޔޫރޯއަށް އަރާނެއެވެ.

ވައްކަންކުރި ވަގުތު އެގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އަދި ގަދަކަމުން ދޮރު ހަލާކުކޮށްލައިގެން ގެއަށް ވަތްކަމުގެ އެއްވެސް ނިޝާނެއްވެސް ފެންނަން ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
25%
13%
13%
38%
0%
13%
ކޮމެންޓް