Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 12:46
އޭޑީކޭގައި ބަހައްޓާ ޕާކިން ސިސްޓަމް އިންސްޓޯލް ކުރަނީ
އޭޑީކޭގައި ބަހައްޓާ ޕާކިން ސިސްޓަމް އިންސްޓޯލް ކުރަނީ
ރާއްޖެ އެމްވީ
ޕާކިން ސިސްޓަމް ބެހެއްޓުން
އޭޑީކޭގައި ބަހައްޓާ އޮޓޮމޭޓެޑް ޕާކިން ސިސްޓަމް އަންނަ މަހު ނިންމާލެވޭނެ: އަފްއާލް
މި ސިސްޓަމުގައި 19 ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ
މިއީ ފަސް ބުރީގެ ޕާކިން ސިސްޓަމެއް

އޭޑީކޭގައި ޕާކިން ސިސްޓަމެއް ހެދުމުގެ މަސައްކަތް އަންނަ މަހުގެ ކުރީ ކޮޅުގައި ނިންމާލެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވި، އޭޑީކޭގައި ގާއިމްކުރާ ޕާކިން ސިސްޓަމަކީ، ފަސް ބުރީގެ ޕާކިން ސިސްޓަމެއް ކަމަށާއި މި ސިސްޓަމުގައި ތަރު ފުރޮޅުލީ 19 އުޅަނދު ޕާކް ކުރެވޭނެ ކަމަށެވެ. މި ފަދަ ސިސްޓަމެއް ގާއިމް ކުރީ، އެ ސަރަހައްދުގައި މިހާރަށްވިރެ ރަގަޅަށް ވެހިކަލް ޕާކު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށްއޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، ވެހިކަލް ޕާކު ކުރާ މި ސިސްޓަމުގައި ޕާކު ކުރާނީ، އެތަނުގެ ސްޓާފުންގެ ވެހިކަލް ކަމެއް ނުވަތަ، ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ވެހިކަލް ކަމެއް އަދި ކަނޑަނޭޅޭ ކަމަށެވެ.

ޕާކި ސިސްޓަމް އެތުރުމުގެ މަސައްކަތް ފަށާފައިވާ އިރު މި ސިސްޓަމް ބަހައްޓަނީ، ކުރިން އޭޑީކޭ އެމްބިއުލެންސް ޕާކުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ.

އޭޑީކޭއިން ޕާކިން ސިސްޓަމެއް ގާއިމްކޮށްފައިވާއިރު ވެލާނާގޭ ސަރަހައްދުގައި ބެހެއްޓިފައިވާ އޮޓަމޭޓަޑް ޕާކިން ސިސްޓަމް މިހާރު ވަނީ ޓެސްޓްކޮށް ވެސް ނިމިފަ އެވެ. ނަމަވެސް އަދި ބޭނުންކުރަން ފަށާފައެއް ނުވެއެވެ.

އެ ސިސްޓަމް އާއްމުކޮށް ބޭނުންކުރުމުގެ ކުރިން ޕާކިން ސިސްޓަމު ބޭނުން ކުރުމަށް ހާއްސަ އުސޫލެއް އެކުލަވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި 20 މެކޭނިކަލް ޕާކިން ސިސްޓަމް ގައިމް ކުރާނެ ކަމަށް ހައިސިން މިނިސްޓްރީން ވަނީއިއުލާނުކޮށްފަ އެވެ. މީގެ ކޮންމެ ސިސްޓަމެއްގައި 10 ކާރަށް ޕާކު ކުރެވޭ އިރު ސައިކަލް ޕާކު ކުރާ މިފަދަ ސިސްޓަމެއްގައި 100 ސައިކަލް ޕާކް ކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް