ކ. މާލެ
|
27 ޖޫން 2022 | ހޯމަ 20:58
އެންހެލް ޑި މާރިއާ
އެންހެލް ޑި މާރިއާ
ގެޓީ އިމޭޖަސް
ސަމަރ ޓްރާންސްފަރ
ޑިމާރިއާ ބާސެލޯނާއަކަށް ނުދާނެ
 
ރިޕޯޓުތައް ބުނާގޮތުން ޑިމާރިއާ ޔުވެންޓަސްއާއެކު ހަދާނީ 1 އަހަރުގެ އެއްބަސްވުމެއް

އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމާރިއާ ބާސެލޯނާއަށް ނުދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕީއެސްޖީއާއެކު ޑިމާރިއާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި ޕީއެސްޖީގައި އޭނާގެ ކޮންޓްރެކްޓް އައު ނުކުރާނެއެވެ. މިއާއެކު ގިނަ ކްލަބުތަކަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އޭގެތެރެއިން އެންމެ ފާހަގަ ކުރެވެނީ އިޓަލީގެ ޔުވެންޓަސްއާއި ސްޕެއިންގެ ބާސެލޯނާއެވެ.

ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާތީ އެޓީމުން އައީ ޑިމާރިއާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ޑިމާރިއާ ބާސެލޯނާއާ ގުޅުމުގެ ބަދަލުގައި ޔުވެންޓަސްއަށް ސޮއިކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑިމާރިއާ ޔުވެންޓަސްއާއެކު ހަދާނީ އެއް އަހަރުގެ އެއްބަސްވުމެކެވެ.

ޑިމާރިއާ ހޯދުމުގައި ބާސެލޯނާއަށް އެންމެ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހުނީ ކްލަބުގެ މާލީ ހާލަތު ދަށްވުމުންނެވެ. އޭގެ ފައިދާ ނަގައި ޔުވެންޓަސްއިން ވަނީ އެޓީމުން ކުރިން ހުށަހެޅިވަރަށްވުރެވެސް އަގު ބޮޑުކޮށް ޑިމާރިއާއަށް ކޮންޓްރެކްޓް ހުށަހަޅާފައެވެ. އަދި ޑިމާރިއާ ޔުވެންޓަސްއަށް ބަދަލުވާން ނިންމީ އެޓީމުން އަވަހަށް ގޮތެއް ނިންމުމަށް ޕްރެޝަރު ކުރަމުންދިޔައިރު ބާސެލޯނާއަށް ބޮޑު އަގެއް ހުށަނޭޅުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް