ކ. މާލެ
|
27 ޖޫން 2022 | ހޯމަ 14:04
ރެކޯޑްތައް އާކުރި ފެތުންތެރިން: ފޮޓޯ-ސްވިމިންގ އެސޯސިއޭޝަން
ރެކޯޑްތައް އާކުރި ފެތުންތެރިން: ފޮޓޯ-ސްވިމިންގ އެސޯސިއޭޝަން
ފެތުންތެރިން ޤައުމީ ރެކޯޑް އާކުރުން
ފެތުންތެރިން އާކުރީ ޤައުމީ ރެކޯޑްތައް!
 
ފެތުންތެރިން 10 ރެކޯޑެއް އާކުރި

19 ވަނަ ފީނާ ވަރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފެތުންތެރިން ޤައުމީ ރެކޯޑްތަކެއް އާކޮށްފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދާ ޗެމްޕިއަންޝިޕްގައި އެންމެފަހުން ދިވެހި ފެތުންތެރިން ރެކޯޑް އާކުރީ ލޯންގކޯސް މިކްސްޑް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގައެވެ. ރާއްޖޭގެ ފެތިންތެރިން މި ރެކޯރޑް އާކުރީ 04.18.44 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 7.47 ސިކުންތުގެ ކުރިއެރުމެކެވެ. ޤައުމީ ރެކޯރޑް އައުކުރި ޓީމްގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، އައިޝަތު ސައުސަން، ހަމްނާ އަޙްމަދު އަދި މުބާލް އައްޒާމް އިބްރާޙީމެވެ. ކުރީގެ ރެކޯޑަކީ 04.25.91 އެވެ. އެއީ 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި ހެދި ރެކޯޑެވެ.

19 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި ފިރިހެނުންގެ (ލޯންގ ކޯސް) 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް ވަނީ އާކޮށްފައެެވެ. އެރެކޯޑް އާކުރީ މުޙައްމަދު އާން ޙުސައިންއެވެ. އާން ޤައުމީ ރެކޯރޑް އައުކުރީ ފްރީސްޓައިލް ރިލޭ އިވެންޓްގައި 100 މީޓަރ ލެންތު 00.56.96 އިން ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް އާން ވަނީ އާކޮށްފައެވެ. މި ރެކޯރޑް އާން އާކުރީ 00.29.57 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއިވެންޓްގެ ކުރީގެ ރެކޯޑަކީ 00.30.86 އެވެ. ކުރިން ރެކޯޑް އޮތީ ޢަލީ އިމްޢާން އަތުގައެވެ.

އަންހެނުންގެ (ލޯންގ ކޯސް) 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އީން އައްބާސް ޝަރީފް ވަނީ އާކޮށްފައެވެ. އޭނާ ރެކޯޑް އާކުރީ ސިންގަޕޫރުގައި އޮތް 17 ވަނަ ސިންގަޕޯރ ނެޝަނަލް ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ. އީން ރެކޯރޑް އާކުރީ 22.32.83 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 1 މިނިޓް، 59.01 ސިކުންތުގެ ކުރިއެރުމެކެވެ.

އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރު އަދި 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަންވެސް ވަނީ އާކޮށްފައެވެ. 100 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް ސައުސަން އާކުރީ 01.18.58 އިން މެޑްލޭ ރިލޭ އިވެންޓްގައި 100 މީޓަރ ބެކްސްޓްރޯކް ގެ ލެންތު ފުރިހަމަކޮށްގެންނެވެ. 200 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އާކުރީ 02.53.55 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިދެރެކޯޑް ކުރިންވެސް އޮންނަނީ ސައުސަން އަތުގައެވެ.

ދިވެހި ފެތުންތެރިން ވަނީ މި މުބާރާތުގައި ޖުމްލަ 9 އިވެންޓެއްގެ 10 ޤައުމީ ރެކޯރޑް އައުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް