އިރާގުގެ ދެކުނުގެ ސަރަހައްދެއް ކަމަށް ވާ ފޯވް ޑިސްޓްރިކްޓްގެ ދަނޑުވެރިޔާ ޢަލީ ޙުސައިން، މަރުވެފައިވާ ރުއްބުޑުތަކުގެ ތެރެއިން ހިނގަމުން ދިޔައިރު އޭނާގެ ހަނދާނުގައި ނިއުޅެމުން ދިޔައީ އެ ސަރަހައްދުގައި އޮތް އާރޯ ދަނޑުވެރިކަމުގެ ޞަފުހާތަކެވެ. ކަދުރުގެ ދަނޑުވެރިކަން ކުރަމުން ދިޔަ ޙުސައިންގެ ސިކުނޑީގައި ދައުރު ވަމުން ދިޔައީ، ކަރުދު ރުއްތަކުން، އެ ސަރަހައްދަށް ލިއްބައިދިން ތަނަވަސް ކަމުގެ ހަނދާންތަކެވެ.
ފުރާތާއި ތިގްރީސް ކޯރު ބައްދަލުވާ ހިސާބުގައި އޮތް ފޯވް ޕެނިންސިއުލާއަކީ މުއްސަނދި ކަދުރު ދަނޑުތަކާއި ހީނާ ގަސްތަކުގެ ވާދީތަކަށް، އިރެއްގައި މަޝްހޫރު ސަރަހައްދެކެވެ. ދުނިޔޭގެ ނިސްބަތުން އެންމެ އުހުގައި ގުނާލެވޭ ކަދުރު އެކްސްޕޯޓަރުންގެ ލިސްޓުން އިރާގަށް ޖާގަ ހޯދާދިނުމުގެ ހިއްސާދާރެކެވެ.
ފޯވް އޮންނަނީ ޝައްތު އަލް-އަރަބްއޭ ކިއުނު ހިސާބުގައި ކަމަށް ވާ އިރު، އެ ސަރަހައްދަކީ 1980-1988 އަށް އީރާންއާއި އިރާގްއާއި ދެމެދު ކުރި ވަރުގަދަ ހަނގުރާމާގައި އެންމެ ބޮޑު އަސަރެއް ފޯރި ސަރަހައްދުވެސްމެއެވެ. ހަނގުރާމައަށްފަހު އެ ސަރަހައްދަށް ދެވުނު އިރު ހުރިހާ އެއްޗެއް ވަނީ ވީރާނާވާން ދޫކޮށްލާފައެވެ. ކަދުރު ރުއްތައްވެސް މަރުވެފައި ވާ ކަމަށް ހުސައިން ބުންޏެވެ.
މަށަކަށް އެ ހަނދާންތައް ތަސްވީރުކޮށެއް ނުދެވޭނެ. އެ ހަނދާންތަކާ މެދު ކީކޭ ބުނާނީ...މިއީ ކުރިން ވަރަށް ރީތި ބިމެއް. މުޅި ހިސާބުގަ އޮންނާނީ މޭވާ ގަސްތައް. ކަދުރު ރުއްތައްވެސް ހުންނާނެ. މި ރުއްތައްވެސް ވަރަށް ރީއްޗަށް ހެދމުން ދިޔައީ. އެކަމަކު މިހާރު މާ ބޮޑު އެއްޗެއް ނެތް. އެއީ އަހަރެންގެ ހަނދާނުގައި ހުރި އެއްޗަކީޢަލީ ޙުސައިން؛ އިރާގުގެ ދަނޑުވެރި، ރެސްޓޯރަންޓް އޯނަރެއް
އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. އަނެއްކާވެސް މަސައްކަތް ފަށާ، ދަނޑުވެރިކަން ކޮޅަށް ޖެހިއެވެ. ނަމަވެސް، މިއަދު އަނެއްކާވެސް މި ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. މިއަދު ކުރިމަތިލާން ޖެހިފައިވަނީ ފެން ލިބުމުގެ ދަތިކަމާއެވެ. ފެނުގެ ކޮލިޓީ ދަށްވުމުގެ އިތުރުން ހަނަފަސްކަމުގެ މައްސަލައާއެވެ.
ޖޫން 17 ގައި އަދިވެސް އެހެން އެންޖީއޯތަކަކުން އާންމު ކުރި ބަޔާނެއްގައި ވާ ގޮތުން، ތިގްރީސްއާއި ފުރާތު ކޯރުގެ ފެންގަނޑު ހިނދެމުން ދިއުމުގެ ސަބަބުން، އެ ކޯރުތަކުގައި ލޮނުގެ އަސަރު ދަނީ ގަދަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފެނުގެ ކޮލިޓީ ދަނީ ދަށްވަމުންނެވެ.
އަހަރެއްގެ މައްޗަށް 3 މީޓަރު އުސްމިން ހުންނަހާ ފެން، އާތްވަށް ބަދަލުވެ ވައިގެ ތެރެއަށް އަރައިގެން ގޮސް، ކޯރުގެ ފެންގަނޑު ހިނދެމުން ދާއިރު 60000 އޭކަރުގެ ދަނޑުބިމާއި 30000 ގަސް ހަލާކުވެފައި ވާ ކަމަށް އދގެ ބަޔާނުގައިވެއެވެ.
ފެން ލޮނުވުމުގެ އަސަރު، ކަދުރުގެ ކޮލިޓީއިންވެސް ފާހަގަ ވާ ކަމަށް ބަސަރާ އެގްރިކަލްޗާ ޑައިރެކްޓަރޭޓްގެ ކަދުރާއި ބެހޭ ޑިޕާޓްމަންޓްގެ އިސްވެރިޔާ، ޢަބްދުލްއަޒީމް ކަތިމް އަލިދާނީ ވަނީ ފާހަގަ ކުރައްވާފައެވެ.
އިރާގުގައި ކަދުރު އުފެއްދުމާ ބެހޭ ގޮތުން އެއްޗެއް ބުނާނަމަ، އިރާގްއަކީ ދުނިޔޭގެ ފެންވަރުގެ އެކްސްޕޯޓަރެއް. މިހާރު 7 ވަނާގައި އޮތީ. އެއީ ހަމަ އެހެންވީ ކަމެއް ނޫން. ކަދުރު ދަނޑުވެރިކަމުގެ ބާވަތްތައް މަދުވުމާއި އަދަދުވެސް މަދުވެގެން. ބަސްރާއަށް އެންމެ ބޮޑު އަސަރެއް ފޯރީ. ޖިއޮގްރާފީ ގޮތުން އޮންނަ ސަރަހައްދާ، މިތަނުގައި ކުރި ހަނގުރާމަތަކާއި ފެން ލޮނުވުމުގެ ސަބަބުން. ނަތީޖާއެއްގެ ގޮތުން ކަދުރު ރުއްތައް މަދުވި. ކަދުރުގެ އަދަދު މަދުވެ، ކޮލިޓީއިންވެސް އެކަން ފާހަގަ ވާން ފެށި.ޢަބްދުލްއަޒީމް ކަތިމް އަލިދާނީ؛ ބަސްރާ ކަދުރު ޑިޕާޓްމަންޓްގެ އިސް އޮފިޝަލެއް
އިރާގުގައި ރެސްޓޯރަންޓެއްވެސް ހިންގަމުން އަންނަ ޙުސައިން ދަނީ، ކޮންމެވެސް ވަރަކަށް ކަދުރު ރުއްތައް އާލާ ކުރެވޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަނަފަސްކަމާއި ގަދަ ހޫނުގެ ސަބަބުން ދަނޑުބިންތައް ދަނީ ހިކެމުންނެވެ. ހޫނު މޫސުމުގެ ދުވަސްވަރު، އިރާގުގެ ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަން ކުރުން ވަނީ ނުވާނެ ވަރުގެ ކަމަކަށް ވެފައެވެ.
މުޅި އިރާގަށް ބަލާއިރު އެންމެ ކޮލިޓީ ކަދުރު ލިބޭނެ ފޯވްއިން. އެކަމަކު ކަދުރު ހެއްދޭ ގޮތް ނުވާތީ، ދަނޑުވެރިން މިހާރު މި ބިމަކަށް ނާދޭ. ފެނޭނު، މިއޮތީ ހަނަފަސް ސަހަރާއެއްހެން. ފޯވް ޑިސްޓްރިކްޓް ހަނަފަސްވަމުން ދާ ލެއް ވަރަށް ހަލުވި. އެހެންވެ، ގިނަ ބަޔަކަށް ދަނޑުވެރިކަމުގެ އުއްމީދު އަނެއްކާވެސް ގެއްލުނު. ފެން ނެތީމަ. 2012 ވަނަ އަހަރު، ސިނާއަތް ކުރިއަރުވަން މަސައްކަތްތަކެއް ކުރި. އެކަމަކު ފެނުގަ ލޮނުގެ އަސަރު ގަދަ ކަމުން، އުއްމީދުތައް ވަޅުޖެހުނު. ދަނޑުވެރިންގެ މެދުގައި ބިރު އޮވޭ. އެމީހުން މި ޑިސްޓްރިކްޓްގަ އެބަ އުޅޭ، އެކަމަކު ފެން ދަތިވީމަ، ދަނޑުވެރިކަމަށް ޖެހިލުންވަނީވަލީދު އަލް-ޝަރީފީ؛ ފޯވް ޑިސްޓްރިކްގެ މޭޔަރު
ފާއިތުވީ އަހަރުތަކަށް ބަލާއިރު، އިރާގުގެ ފިނިހޫނުމިން، 52 ޑިގްރީ ސެލްސިއަށްވެސް އަރާފައި އެބަހުއްޓެވެ.