Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 22:47
 ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް
ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް
އެކަނި މާއެކަނި 40 އަށް ވުރެ ގިނަ ދުވަސް ޖަލުގައި އެކަހެރިކޮށްފައި ހުންނަން ޖެހެނު
ޖަލުގައި ހުންނެވި ދުވަސްވަރު އަދީބާއި އެކީ ވަރަށް ގިނަ ވާހަކަތައް ދެކެވުނު
އަސޭލާ އެކަންޏެއްވެސް ނޫން. އަދި އެބައުޅޭ އެކަހަލަ އަންހެން ވައްތަރެއްވެސް

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނެ ކަންކަމަށް ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވަޑައިގެން މަހުލޫފު ވިދާޅުވީ ރައީސް ނަޝީދުގެ ކިބައިން ފެނުނު ރީތި އެއް މިސާލަކީ ކިތަންމެ ޚިޔާލު ތަފާތު ވި ނަމަވެސް އަދި ކިތަންމެ ގޯސްކޮށް ކަންތައްތައް ވި ކަމުގައިވިއަސް އެމީހަކާ ދޭތެރޭ ގޯސްކޮށް ކަންތައްތައް ވެގެން ނުވާނެކަން ކަމަށެވެ.

"ރައީސް  މައުމޫނަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ ސިޔާސީ ކަންތައްތަކުގައި ވަރަށް އެހީތެރިކަން ދެއްވި ފަރާތެއް. އަޅުގަނޑު ވަރަށް ލޯބިވާ އަދި ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް. އަޅުގަޑު އަދި އޭރު ރައީސް ޔާމީން ޕީޕީއެމުން ވަކިކުރިކަމުގައި ވިއަސް ރައީސް މައުމޫނާއި ދިމާލަށް އެއްޗެހި ނުކިޔާނެ ކަމަށް ރައީސް ނަޝީދަށް ދެންނެވިން. ރައީސް ނަޝިދު ވިދާޅުވީ އެއްވެސް އެއްޗެއް ވދިާޅުވެގެން ނުވާނޭ. ތިމަންނަވެސް ނުލާހިކު ލޯބިވެ އިހްތިރާމް ކުރައްވާ ބޭކަލެކޭ. އަދި އެއްވެސް ދެރައެއް ގެއްލުމެއް ދޭކަށް ބޭނުމެއް ނުވެއޭ. މިއީ ރައީސް ނަޝިދުގެ ފަރާތުން އަޅުގަނޑަށް ފެނުނު ރީތި އެއް މިސާލު މިއީ އަޅުގަނޑަށް ފެނުނު" މަހުލޫފު ވިދާޅުވިއެވެ.  

މީހަކު ކުށެއްކުރުމުން  އެމީހަކަށް ދޭ އަދަބަކީ ޖަލަށް ލުން ކަމަށްވާއިރު  އޭނާ ޖަލަށް ލުމުން އެހެން އަނިޔާއެއް  ދެވިގެން ނުވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.  މަހުލޫފު ވިދާޅުވީ ޖަލަށް ހުކުމް ކުރުމަށްފަހު އޭނާ އެކަނި މާއެކަނި 40 އަށް ވުރެ ގިނަ ދުވަސް  އެކަހެރިކޮށްފައި ބެހެއްޓި ކަމަށެވެ. ޖަލުގައި ކުށެއްކޮށްގެން އެކަހެރި ކޮށްގެން ބޭންދެނީ އެންމެ ގިނަވެގެން 30 ދުވަސް ކަމަށްވާއިރު  ޖަލުގައި ކުށެއް ނުކުރާމީހަކަށް އެދެވެނީ ނަފްސާނީގޮތުން އަނިޔާކަމަށް އޭނާ ވިދާޅުވިއެވެ.

"ހޯމް މިނިސްޓަރ އަޒްލީނާއި ދެކެވުނު ވާހަކައެއްގައި، ސްޕެޝަލް ޕްރޮޓެކްޝަން ދެއްވާފައި ތިއްބެވި ބޭފުޅުންގެ ހުރިހާ ކަމެއް ނިންމަވަނީ ސީދާ ރައީސް ޔާމީން ކަމަށް ވިދާޅުވި" މަހުލޫފް ވިދާޅުވިއެވެ.

ޖަލަށް ލުމަކުން އޭނާއަށް ލިބުނު ގެއްލުމެއް ނެތްކަމަށާއި އެހެން ނަމަވެސް އޭނާގެ ދަރިފުޅަށް އެކަމުން ވަރަށް ގެއްލުން ވެއްޖެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި  ޖަލަށް ލުމުން އޭނާއަށް ދުވަހަކު ވެސް ނުކުރެވޭ ވަރަށް އަޅުކަން ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

 "ނަމާދު ކުރުމާއި ގުރުއާން ކިޔެވުމާއި. އަޅުގަނޑަށް ފައިދާ ކުރީ. އެހެން ނަމަވެސް އަޅުގަނޑުގެ ދަރިފުޅަށް ވަރަށް ބޮޑު އަނިޔާއެއް ދީފި. އެހެން ނަމަވެސް ޖަލަށް ލުމުން ރަނގަޅު ތަޖުރިބާއެއް މިކުރެވުނީ އަޅުގަނޑަށް" މަހުލޫފު ވިދާޅުވިއެވެ.

އަދީބަށް ބޭސްފަރުވާ ކޮށްދޭން ޖެހޭނެކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދީބާއި އޭނާއާއި ބައްދަލު ވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށާއި އެހެން ނަމަވެސް ވަރަށް ގިނަ ވާހަކަތައް އެދެބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

"ޑރ. ޝައިނީމެން ބޭބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ  ވަރަށް ރަނގަޅު ވާހަކަ އެބަހުއްޓޭ. ހެއްކާ އެކީގައި އިރާދަ ކުރެއްވިއްޔާ ރަނގަޅު ވަގުތުގައި ހަމަ އަންނާނެ އިނގޭ އެ އެއްޗެހި. އަދި އަސޭލާ އެކަންޏެއްވެސް ނޫން. އަދި އެބައުޅޭ އެކަހަލަ އަންހެން ވައްތަރެއްވެސް." މަހުލޫފު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް