ކ. މާލެ
|
12 ޖޫން 2017 | ހޯމަ 22:38
ސަން އެކުއާ ޕަސިކުޑާ ރިސޯޓް
ސަން އެކުއާ ޕަސިކުޑާ ރިސޯޓް
ގޫގުލް
ސަން އެކުއާ ޕަސިކުޑާ
ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ
ގާލާ އެވޯޑް ސެރެމަނީ ބާއްވާފައިވަނީ ޖޫން 4ގައި
ސަން އެކުއާ ޕަސިކުޑާރއަކީ ސްރީލަންކާގައި ޤާއިމްކޮށްފައިވާ ރިސޯޓެއް

ވާރލްޑް ޓްރެވެލް އެވޯޑް 2017 ގައި ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެއެވެ.

 

މި އެވޯޑް އެރިސޯޓަށް ލިބިފައިވަނީ އޭޝިޔާ އޮސްޓްރޭލިއާގެ ވާރލްޑް ޓްރެވެލް އެވޯޑް 2017ގެ ގާލާ ސެރެމަނީގައެވެ.

 

ސަން އެކުއާ ޕަސިކުޑާރއާއި އެކި މިއެވޯޑަށް ވާދަކޮށްފައިވަނީ އަންނަންތަރާ ކަލުތަރާ ރިސޯޓާއި އަނަންތަރާ ޕީސް ހެވަން ޓްރެންގަލެ ރިސޯޓްގެ އިތުރުން އަވަނި ބެންޓޯޓާ ރިސޯޓް އެންޑް ސްޕާ، އަދި ޝަންގްރިލާސް ހަންބަންޓޯޓާ ރިސޯޓް އެންޑް ސްޕާ ގެ އިތުރުން ވިވަންޓާ ބައި ތާޖް ބެންޓޯޓާ އެވެ.

 

ސަން އެކުއާ ޕަސިކުޑާރއަށް މިއެވޯޑް ލިބުނީ ވާދަކުރި ހުރިހާ ރިސޯޓެއްގެ މެދުގައި ވޯޓް ލައިގެންނެވެ.

 

ގާލާ އެވޯޑް ސެރެމަނީ ބާއްވާފައިވަނީ ޖޫން 4ގައި ޗައިނާގެ ޝަންހާއީގައެވެ.

 

މިފަދަ އެވޯޑްތަކުގެ ސަބަބުން ދޭހަވަނީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިހްލާސްތެރިކަމާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ސަން ސިޔާމް ރިސޯޓުން ވަނީ ބުނެފައެވެ.

 

ސަން އެކުއާ ޕަސިކުޑާރއަކީ ސްރީލަންކާގައި ޤާއިމްކޮށްފައިވާ ސަން ސިޔާމް ރިސޯޓްސްއިން ހިއްސާވާ ރިސޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް