Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 21:09
މާރުކޭޓް ގޮޅިއަކުން ތަކެތި ވިއްކަނީ: މިހާރު ވަނީ ކުއްޔަށް ހުޅުވާލާފައި
މާރުކޭޓް ގޮޅިއަކުން ތަކެތި ވިއްކަނީ: މިހާރު ވަނީ ކުއްޔަށް ހުޅުވާލާފައި
މުހައްމަދު ޝަރުހާން
މާރުކޭޓް ގޮޅިތައް
ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި ކުއްޔަށް ހުޅުވާލައިފި
ކުއްޔަށް ދޫކުރަނީ އެއް އަހަރު ދުވަހަށް
އަންނަ މަހުގެ 20 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތަކުން މަހަކު ކުލީގެ ގޮތުގައި 2000 ރުފިޔާ ކަނޑައަޅައި ކުއްޔަށް ދިނުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކޮށްފައިވާ އިއުލާންުގައި ބުނެފައިވާ ގޮތުގައި

މާލޭ ލޯކަލް މާރުކޭޓުންނާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ  މަހަކު 2000.00 ރުފިޔާއަށެވެ. އަދި މާލޭ ބޮޑުތަކުރުފާނުމަގުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރެވޭ ކޮންމެ ތަނަކަށް މަހަކު 2000.00 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

ކުއްޔަށް ދޫކުރާނެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްއަހަރު ދުވަސް ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެނިސްޓްރީއަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަދި އެކަމަށްޓަކައި އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް