ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 07:31
ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް އަޒްޔާންއަށް ކެޕްޓަންކަން ހަވާލުކުރައްވަނީ: ފޮޓޯ-ކްރިކެޓް ބޯޑް
ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް އަޒްޔާންއަށް ކެޕްޓަންކަން ހަވާލުކުރައްވަނީ: ފޮޓޯ-ކްރިކެޓް ބޯޑް
ކްރިކެޓް ޓީމަށް އާ ކެޕްޓަނެއް
ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނަކަށް އަޒްޔާން
ވައިސްކެޕްޓަނަކީ އާދަމް ނާސިފް އުމަރު

ސީނިއަރ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖައްސައިފިއެވެ. ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ކްރިކެޓްގެ ޚިދުމަތްތެރިޔާ ފަރުހަތު ޖަލީލްގެ ދަރިފުޅު އަޒްޔާން ސީނިއަރ ޓީމްގެ ކެޕްޓަނަކަށް ހަމަޖެއްސީ އަންނަ މަހު މެލޭޝިޔާގައި އޮންނަ މުބާރާތަކަށެވެ.

މެލޭޝިޔާގައި އަންނަ މަހު އޮންނަނީ ހަތަރު ޤައުމު ވާދަކުރާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މެލޭޝިޔާއާއި, ބޫޓާނާއި, ތައިލެންޑެވެ. މިއީ އަޒްޔާން ސީނިއަރ ޤައުމީ ޓީމްގެ ކެޕްޓަންކަން ކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު އޭނާ ވަނީ އުމުރުފުރާ ޓީމްތަކުގެ ކެޕްޓަންކަން ކޮށްފައެވެ. އަޒްޔާން ބުނީ އުމުރުފުރާ ޓީމްތަކުގެ ކެޕްޓަންކަން ކޮށްފައިވުމުން ސީނިއަރ ޓީމްގެ ކެޕްޓަނެއްގެ ޒިންމާ ނެގުމަކީ ޕްރެޝަރެއް ނޫންކަމަށާއި, އެކަމަކު ފަޚުރަކާއި ޒިންމާއެއްކަމަށެވެ.

އަސްލު ވަރަށްބޮޑު ޝަރަފެއް މިލިބުނީ ޤައުމަށް ލީޑްކޮށްލަން ލިބުމަކީ އާދައިގެކަމެއް ނޫންކަންނޭންގެ. ކުރިން ޖޫނިއަރ ޓީމްތަކުގެ ކެޕްޓަންކަންކޮށްފަ ހުރީ އެހެންވީމާ މާބޮޑު ޕްރެޝަރއެއް ފީލްއެއް ނުވޭ. އެކަމަކު މުޅި ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ޓީމާއެކީގަ މިހުރީ. ކުރިއަށް އޮތް މުބާރާތުންވެސް އުއްމީދުކުރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް.
ޔޫސުފް އަޒްޔާން ފަރުހަތު/ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން

ސީނިއަރ ކްރިކެޓް ޓީމްގެ ވައިސްކެޕްޓަނަކަށް ހަމަޖެއްސީ އާދަމް ނާސިފް އުމަރު (އައްދަޅޭ) އެވެ. ޓީމްގެ ކުރީގެ ކެޕްޓަން މުޙައްމަދު މަހުފޫޒް މިފަހަރު ޓީމާއެކު ނުދެއެވެ. މެލޭޝިޔާގައި މުބާރާތް އޮންނާނީ ޖުލައި 3-11 އަށެވެ. އޭގެކުރިން މިއަދު ސްރީލަންކާގައި ޓީމް ކޭމްޕް ކުރާނެއެވެ. ސްރީލަންކާގައި ޤައުމީ ޓީމުން 10 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް