ކ. މާލެ
|
20 ޖޫން 2022 | ހޯމަ 19:46
ޓޮޑް ބޮލީ
ޓޮޑް ބޮލީ
-
ޗެލްސީގެ ޗެއަރމަން އިސްތިއުފާދިނުން
ޗެލްސީގެ ޗެއަރމަންކަމުން ބަކް ދުރުވެއްޖެ
މަގާމު ދޫކޮށްލާނީ މިމަހުގެ 30 ވަނަ ދުވަހު

ޗެލްސީގެ ޗެއަރމަން ބުރޫސް ބަކް އެ ކްލަބްގެ ޗެއަރމަންކަން ދޫކޮށްލަން ނިންމައި، އެކަން އިއުލާާންކޮށްފިއެވެ. އޭނާ ކްލަބްގެ ޗެއަރމަންކަމާ ވަކިވާނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

ބަކް ޗެލްސީގެ ޗެއަރމަންކަމާ ހަވާލުވީ 2003 ވަނަ އަހަރުއެވެ. އެއީ ރަޝިޔާގެ މަހުޖަނު ރޯމަން އަބުރަމޮވިޗް ޗެލްސީ ގަތް ހިސާބުންނެވެ. ބަކް ޗެލްސީގެ ޗެއަރމަންކަން ދޫކޮށްލަނީ ކްލަބްގެ އޯނަރޝިޕް ބަދަލުވުމާގުޅިގެންނެވެ. ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އޭނާ ކްލަބް ދޫކޮށްލަން ނިންމީ މާރޗްމަހުއެވެ. ޗެލްސީ ވިއްކާލަން ނިންމުމުން، ޗެލްސީ ގަތީ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުންނެވެ.

އާ މެނޭޖްމަންޓާއެކުވެސް ބަކް ފުރަތަމަ ނިންމީ ކްލަބާއެކު ދެމިހުންނާށެވެ. އެކަމަކު މިިހާރު އޭނާގެ ނިންމުމަކީ ޗެއަރމަންކަމުން ވަކިވެ, އާ ވެރިންނަށް ކްލަބް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމެވެ. އެކަމަކު ސީނިއަރ އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ޗެލްސީއަށް ލަފާދޭނެއެވެ. ބަކްގެ ޗެއަރމަންކަމުގައި ހޭދަވި މުއްދަތުގައި ޗެލްސީގެ ފިރިހެން ޓީމް ވަނީ 18 ތަށި ހޯދާފައެވެ. އަދި އަންހެން ޓީމުން 12 ތަށި ހޯދިއެވެ.

- ކޮމެންޓް