ކ. މާލެ
|
19 ޖޫން 2022 | އާދީއްތަ 15:46
އަޖުފާން - ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ
އަޖުފާން - ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ
މިހާރު
އައިބާ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް
170ށްވުރެ ގިނަ ކުޅުންތެރިންނާއެކު އަޖުފާން އެކަޑަމީގެ ޖޫނިއަރ ޗެމްޕިއަންޝިޕް ފަށަނީ
 
މުބާރާތް ފަށާނީ ބުރާސްފަތި ދުވަހު

170ށްވުރެ ގިނަ ކުޅުންތެރިންނާއެކު އަޖްފާން އެކަޑަމީގެ ޖޫނިއަރ އޯޕަން ބެޑްމިންޓަން ޗެމްޕިއަންޝިޕް އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

އާއްމުކޮށް މުބާރާތް ހުޅުވާލީ 18 އަހަރުން ދަށުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭގޮތަށެވެ. އައިބާ އޯޕަން ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ބައިވެރިވި 176 ކުޅުންތެރިންގެ ތެރޭގައި ވ އަތޮޅާއި އައްޑޫ ސިޓީން އަންނަ ކުޅުންތެރިންވެސް ހިމެނެއެވެ. މުބާރާތުގެ ހަ އަހަރުން ދަށް ފިޔަވައި އެހެން އުމުރުފުރާތަކުގައި ސިންގަލްސް އަދި ޑަބަލްސް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާކަމަށް، ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ބުންޏެވެ. އޭނާ ބުނީ ބޭނުމަކީ ވާދަވެރިކަމާއެކު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ. ރާއްޖޭގެ ޖޫނިއަރ ކުޅުންތެރިންގެ ހުނަރު އެބަހުރިކަމަށާއި, އެކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފައްދައި، އެފުރުސަތު ފަހިކޮށްދޭންޖެހޭކަން އަޖުފާން ފާހަގަކުރިއެވެ.

އޭރުން ކުދިން މޮޅުވެ، ތަފާތު ފުރުސަތުތައް ލިބޭނީ. އެކުދިން ޖޫނިއަރ ލެވެލްގަ، ސީނިއަރ ލެވެލްއަށް ދިއުމުގެ ކުރިން، އިންޓަރނޭޝަނަލްކޮށް ވާދަކުރަން ފުރުސަތު ހޯދައިދޭން ބޭނުންވަނީ. ގައުމު ތަމްސީލްކުރަން ތައްޔާރަށް ޖޫނިއަރ ކުޅުންތެރިން ބައިތިއްބުން.
މުހައްމަދު އަޖުފާން

މުބާރާތް ފަށާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މުބާރާތް ކުރިއަށްގެންދަނީ ޔޫތު މިނިސްޓްރީއާއި އަދި ބެޑްމިންޓަން އެސޯސިއޭޝަނާވެސް ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް