ކ. މާލެ
|
18 ޖޫން 2022 | ހޮނިހިރު 07:12
ބިސޯމާ ޓޮޓެންހަމްއަށް ސޮއިކުރުން: ފޮޓޯ-ޓޮޓެންހަމް
ބިސޯމާ ޓޮޓެންހަމްއަށް ސޮއިކުރުން: ފޮޓޯ-ޓޮޓެންހަމް
ބިސޯމާގެ ޓްރާންސްފަރ
ބްރައިޓަންގެ ބިސޯމާ ޓޮޓެންހަމްއަށް
 
ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި

ބްރައިޓަންގެ މާލީ މިޑްފީލްޑަރ ބިސޯމާ ޓޮޓެންހަމްއަށް ސޮއިކޮށްފިއެވެ.

25 އަހަރުގެ ބިސޯމާ ޓޮޓެންހަމްއާއެކު ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ. މިއީ އާސީޒަނަށް ޓޮޓެންހަމްއިން ސޮއިކުރި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެކްލަބަށް ސޮއިކުރީ ހިލޭ އެއްބަސްވުމެއްގެ ދަށުން އިވާން ޕެރިސިޗްއާއި, ކީޕަރު ފޯސްޓާއެވެ.

2018 ވަނަ އަހަރު ބްރައިޓަންއާ ގުޅުނު ބިސޯމާ އެކްލަބް ދޫކޮށްލީ އެޓީމަށް 124 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި ފުރަތަމަ އެގާރައިގައި އޭނާ 26 މެޗު ކުޅެ, އެއް ގޯލް ޖެހިއެވެ. ބްރައިޓަންއިން ލީގުގެ ނުވަވަނަ ހޯދިއިރު ބިސޯމާ މުހިއްމު ދައުރެއް އަދާކުރިއެވެ.

ބިސޯމާ ކްލަބް ބަދަލުކުރަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސްލީގު ކުޅުމެވެ.

ޓޮޓެންހަމްއިން ވަނީ ޗެމްޕިއަންސްލީގުގެ ޖާގައެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް