Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 15:14
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
އަޝްވާ ފަހީމް
ފޭރުމުގެ މައްސަލަ
ފައިސާތަކެއް ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ ފިރިހެނަކާއި އަންހެނެއް
3500ރ. ވަނީ ފޭރިގަނެފައި

ހެންވޭރު ގެއަކުން ފައިސާތަކެއް ފޭރުނު ދެމީހެއް ފުލުހުންގެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އާދިއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއް ގައި ހެންވޭރު ގެއަކުން  3,500 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ. ފައިސާތައް ފޭރި ގަނެފައި ވަނީ ބިރު ދައްކައިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގާ ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ ފިރިހެނަކާއި އުމުރުން 24 އަހަރުގެ އަންހެނެކެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ގެއަކަށް ވަދެ ބިރުދައްކައިގެން ފައިސާތަކެއް އަތުލާފައިވާ އިރު މަގުމަތީގައި ބިރުދައްކައިގެން ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފުލުހުންވަނީ ފާހަގަކޮށްފަ އެވެ. އާއްމު ރައްޔިތުން މަގުމަތީގައި މިހާރަށްވުރެ ސަމާލުކަންދީ، ފޯނާއި ކުޅެމުން މަގުމަތީގައި ނުހިނގުމާއި އަތުން ފޯނު ފަދަ އަގު ހުރި ތަކެތި ހިފައިގެންދާއިރުވެސް ސަމާލުވެ ތިބެން ޖެހެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް