ކ. މާލެ
|
13 ޖޫން 2022 | ހޯމަ 07:20
ޕިރްލޯ އާ ކްލަބާ ހަވާލުވުމުގެ ތެރެއިން: ފޮޓޯ- ޕިރްލޯ ޓްވީޓަރ
ޕިރްލޯ އާ ކްލަބާ ހަވާލުވުމުގެ ތެރެއިން: ފޮޓޯ- ޕިރްލޯ ޓްވީޓަރ
ޕިރްލޯ އަލުން ކޯޗިންގއަށް
ޕިރްލޯ ތުރުކީ ލީގަށް
ޕިރްލޯއަށް ދިނީ އެއް އަހަރުގެ އެއްބަސްވުމެއް

ކޯޗިންގައި ޔުވެންޓަސްގައި ނާކާމިޔާބުވި އިޓަލީގެ ކުރީގެ މިޑްފީލްޑަރ އަންދްރޭ ޕިރްލޯ ތުރުކީ ކްލަބަކާ ހަވާލުވެއްޖެއެވެ.

ޔުވެންޓަސްގައި ނާކާމިޔާބުވީ ފަހުން ކޯޗިންގ މަސައްކަތާ ދުރުގައިހުރި ޕިރްލޯ ހަވާލުވީ ތުރުކީ ލީގުގެ ފާތިހު ކަރަގަމްރުކްއާއެވެ. އެކްލަބުން ޕިރްލޯއަށް ދިނީ އެއް އަހަރުގެ އެއްބަސްވުމެކެވެ. ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޔުވެންޓަސްއާއެކު ޕިރްލޯއަށް ކާމިޔާބުކުރެވުނީ އިޓާލިއަން ކަޕާއި, ސުޕަރ ކަޕެވެ. ޕިރްލޯ ވަކިކުރީ ލީގު ތާވަލްގެ ހަތަރު ވަނާގައި ޔުވެންޓަސް ލީގު ނިންމާލުމުންނެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޕިރްލޯ ވަނީ ކާމިޔާބީ ހޯދާފައެވެ. ޔުވެންޓަސްގެ އިތުރުން އޭސީމިލާނާ އެކު ކާމިޔާބު ހޯދިއެވެ. އިޓަލީއާއެކު ވަރލްޑްކަޕް ހޯދިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް