ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 13:30
ޗައިނާގެ ތަރުޖަމާން ޑަބްލިއުއެޗްއޯގެ ވަފުދަކާ ބައްދަލުކުރައްވަނީ
ޗައިނާގެ ތަރުޖަމާން ޑަބްލިއުއެޗްއޯގެ ވަފުދަކާ ބައްދަލުކުރައްވަނީ
ސައުދީގެޒެޓް
ކޮވިޑް19
ކޮވިޑް19 ބައްޔަކީ ޗައިނާގެ ލެބްއަކުން ލީކުވި ބައްޔެއްކަމަށް ވެދާނެކަމުގައި ޑަބްލިއުއެޗްއޯއިން ބުނާ ބުނުން އެއީ ދޮގެއް – ޗައިނާ
 
ކޮވިޑް19 ބަލީގެ ފެށުން ދެނެގަތުމަށް ޗައިނާއިންވެސް ގިނަ ދިރާސާތަކަކާއި ތަހުލީލުތަކެއް ހަދާފައިވާކަމަށް އެފަރާތުން ބުނޭ

ކޮވިޑް19 ބައްޔަކީ "އެކްސިޑެންޓަކުން" ޗައިނާގެ ލެބޯޓަރީއަކުން ލީކުވި ބައްޔެއްތޯ ބެލުމަށް އަދިވެސް ފުންކޮން މައްސަލަ ބަލަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނުމާއި ގުޅިގެން ޗައިނާއިން އެކަން ދޮގުކޮށްފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލީޖިއާން ހުކުރު ދުވަހު ވިދާޅުވީ އެތިއަރީއަކީ ސިޔާސީ ބޭނުމަކަށްޓަކައި ޗައިނާގެ ދުޝްމަނުން ކަނޑައެޅިގެން ފަތުރާ ދޮގެއް ކަމަށެވެ. އަދި ކަމާބެހޭ ތަހުލީލުތަކާއި ޓެސްތައް ކުރިޔަށް ގެންދިއުމަށް ޗައިނާއިން އެއްބާރުލުން ނުދޭކަމަށް ބުނާ ބުނުންވެސް އޭނާވަނީ ދޮގުކުރައްވާފައެވެ. މީގެ އިތުރުން ސައިންސުން ބާރު ލިބިދޭ ތަހުލީލުތަކަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ވައިރަސްގެ އަސްލު ދެނެގަތުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ޗައިނާއިން އެއްބާރުލުން ދީފައިވާނެ ކަމަށާއި އަދި އަމިއްލަޔަށް ހޯދާފައިވާ ރިސާރޗު މައުލޫމާތުވެސް ހިއްސާކޮށްފައިވާނެ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ. ޗައިނާއިން މިކަމުގައި ގެންގުޅޭ ދެފުށް ފެންނަ އަދި ޒިންމާދާރު ސިޔާސަތު މިކަމުންވެސް ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 އަކީ ވޫހާންގެ ލެބްއަކުން ލީކުވި ބައްޔަކަށްވުން ވަރަށް ނާދިރުކަމަށް ޑަބްލިއުއެޗްއޯގެ ޓީމަކުން މިދިޔަ އަހަރު ޗައިނާއަށް ކުރި ދަތުރަކަށްފަހު ބުނެފައިވެއެވެ. ޑަބްލިއުއެޗްއޯގެ މިދަތުރަކީ ޗައިނާއިން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން ކުރެވުނު ދަތުރެކެވެ. ނަމަވެސް އޭގެ ފަހުން، މިދިޔަ ބުރާސްފަތި ދުވަހު އެފަރާތުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ބަލީގެ ފެށުން އައިގޮތް ދެނެގަތުމަށް ބޭނުންވާ މުހިންމު ބައެއް ޑޭޓާ ނުވަތަ މައުލޫމާތު އަދިވެސް ނުލިބޭ ކަމަށެވެ. އަދި ބައްޔަކީ ޗައިނާގައި ހިނގި ލޭބޯޓަރީ ލީކަކުން ފެތުރެން ފެށި ބައްޔެއްތޯ ބެލުމަށް އަދިވެސް ފުންކޮން އެކި ގޮތްގޮތުން ބަލަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯގެ މިރިޕޯޓްގައި ބުނެފައިވެއެވެ.

ކޮވިޑް19 ބަލީގެ ފެށުން ދެނެގަތުމަށް ޗައިނާއިންވެސް ގިނަ ދިރާސާތަކަކާއި ތަހުލީލުތަކެއް ހަދާފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް