ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 07:59
ސްރީލަންކާ
ސްރީލަންކާ
ރޮއިޓަރސް
ސްރީލަންކާގެ ހާލަތު
ލަންކާގެ އިގްތިޞާދީ ހާލަތާއެކު އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެކަމަށް އދން ބުނެފި
އދން ވަނީ ބުރާސްފަތި ދުވަހު 47.2 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްލޭނެއް ލޯންޗުކޮށްފައި
މި އެހީ ފޯރުކޮށްދޭނީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް މިކާރިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ 1.7 މިލިއަން މީހުންނަށް

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިޞާދީ ހަލަތާއެކު އެގައުމަށް އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެކަމަށް އދ ގެ ހިޔުމެނިޓޭރިއަން އޮފީހުން ބުނެފިއެވެ.

ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިޞާދީ ކާރިސާގައި އެގައުމުގެ 22 މިލިއަން މީހުންނަށް އަންނަނީ އެންމެ ޒަރޫރީތަކެތި ލިބުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންނެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު ކާނާއާއި ތެލާއި ގޭހަށް ވަނީ އިންތިހާއަށް ޖެހިފައެވެ.

ޖެނީވާގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔުމެނިޓޭރިއަން އޮފީހުގެ ސްޕޯކްސްޕަރސަން ޖެންސް ލަރޭކް ވަނީ ލަންކާއަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ލަންކާ ސަރުކާރުގެ އެދުމަކަށް އދން ވަނީ ބުރާސްފަތި ދުވަހު 47.2 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްލޭނެއް ލޯންޗުކޮށްފައެވެ. މި އެހީ ފޯރުކޮށްދޭނީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް މިކާރިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ 1.7 މިލިއަން މީހުންނަށެވެ.

ލަންކާއަށް ޔުނިސެފުން ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ކްރިސްޓިއަން ވިދާޅުވީ ލަންކާގެ 70 އިންސައްތަ ގޭބެސީ އަށް ވަނީ ކާނާގެ ދަތިކަން ކުރިމަތިވެފައެވެ. އަދި ކޮންމެ ދެ ކުޑަކުއްޖަކުން އެއް ކުއްޖަކަށް ކޮންމެސް ވައްތަރެއްގެ އިމަރޖެންސީ އެހީތެރިކަމެއް ބޭނުންވާކަމަށް ކްރިސްޓިއަން ވިދާޅުވިއެވެ.

- ކޮމެންޓް