ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 07:02
މޮސްކޯ
މޮސްކޯ
ރޮއިޓަރސް
ރަޝިޔާގެ އިގްތިޞާދީ ހާލަތު
ރަޝިޔާގެ އިގްތިޞާދު މިއަހަރު 15 އިންސައްތަ ދަށަށް ދާނެ: އައިއައިއެފް
އަންނަ އަހަރު 3 އިންސައްތަ ދަށަށް ދާނެ

ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދު މިއަހަރު 15 އިންސައްތަ ދަށަށް ދާނެކަމަށާއި އަންނަ އަހަރު 3 އިންސައްތަ ދަށަށް ދާނެކަމަށް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ފައިނޭންސް (އައި.އައި.އެފް)ން ބުނެފިއެވެ.

އައިއައިއެފް އިން ބުނެފައިވަނީ ފާއިތުވި 15 އަހަރު ރަޝިޔާއަށް ލިބިފައިވާ އިގްތިޞާދީ ކުރިއެރުންތައް މިފިޔަވަޅުތަކާއެކު އެއްކޮށް ދާނެކަމަށެވެ. ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އައިއައިއެފުން ބުނީ އަވަސް މުސްތަގުބަލެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް ނުބެލެވޭކަމަށާއި އެއާއެކު ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ދާނީ ގިނަވަމުންކަމަށެވެ. އަދި ކުރިޔަށް އޮތް މަސްތަކަކީ ރަޝިޔާއަށް އުނދަގޫ މަސްތަކަކަށްވާނެކަމަށްވެސް އައިއައިއެފް އިން ބުނެއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އައިއައިއެފްގެ ޑެޕިޔުޓީ ޗީފް އިކޮނޮމިސްޓް އެލީނާ ރިބާކޮވާ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު 30 އަހަރުގެ އިންވެސްޓްމަންޓްތައް އެއްކޮށް ހަލާކުވަމުން އަންނަކަމަށެވެ. އަނެއްކޮޅުން ރަޝިޔާގެ ގޭހާއި ތެލާ ދެކޮޅަށް ޔޫރަޕުން އެޅި ފިޔަވަޅުތަކާއެކު އެކަމުގެ އަސަރު ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑަށް ކުރާނެކަމަށް އެލީނާ ވިދާޅުވިއެވެ.

ފާއިތުވި މަސްތަކުގައި ރަޝިޔާގެ އެތެރޭގައިވެސް ގޭހާއި ތެލުގެ އަގު ވަނީ މަތިވެފައެވެ. އަދި އެތަކެއްޗަށް ރަޝިޔާގެ އާންމުން ކުރާ ހޭދަވެސް ވަނީ މަދުވެފައެވެ.

މީގެއިތުރުން އެލީނާ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަގެ އަސަރުކުރިޔަށް އޮތް އަހަރުތަކަށްވެސް ކުރާނެކަމަށެވެ. އަދި ވަގުތާއެކު ރަޝިޔާގެ އިގްތިޞާދަށް އަންނާނީ އެކަމުގެ ނޭދެވޭ އަސަރުކުރަމުންކަމަށް އެލީނާ ވިދާޅުވިއެވެ.

ރިޕޯޓްގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ ފަހު ކޮޅުން ފެށިގެން ރަޝިޔާގެ އިގްތިޞާދު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަމުން އައިނަމަވެސް އިގްތިޞާދު އަންނަނީ ދަށްވަމުންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް