ކ. މާލެ
|
8 ޖޫން 2022 | ބުދަ 17:04
މާލެ ސަރަހައްދުން 5000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައި
މާލެ ސަރަހައްދުން 5000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މާލެ ސަރަހައްދުން ގޯތި ދޫކުރުން
ޖޫން ނިމުމުގެކުރިން މާލޭގެ ރައްޔިތުންނަށް 3000 ގޯތި ދޫކުރަން އިއުލާންކުރާނެ
 
ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި
 
ގެދޮރުވެރިކަމާއި ބިންވެރިކަން ހޯދައިދިނުމުގެގޮތުން ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ

މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް މާލޭ ސަރަަހައްދުން ދޫކުރާ 3000 ގޯތި އިއުލާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މި ޖޫން މަސް ނިމުމުގެ ކުރިން ފުރަތަމަ 3000 ގޯތި އިއުލާންކުރައްވާނެ ކަމަށާއި، އެކަމުގެ ހުރިހާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެއާއެކު މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަމާއި ބިންވެރިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.

މި ޖޫން މަސް ނިމުމުގެ ކުރިން ފުރަތަމަ 3000 ގޯތި ދޫކުރަން އަޅުގަނޑުމެން އިއުލާން ކުރާނަން.
އިބްރާހިމް މުހައްމަދު ސާލިހު / ރައީސުލްޖުމްހޫރިއްޔާ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާ ކަމަށާއި، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެ ކަމަށެވެ. މި އަހަރު ޖޫންމަހު އެކަން ފައްޓަވާނެ ކަމަށެވެ. އަދި އޭގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
75%
25%
0%
ކޮމެންޓް