ކ. މާލެ
|
6 ޖޫން 2022 | ހޯމަ 06:08
މަންކީޕޮކްސްއަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް
މަންކީޕޮކްސްއަށް ޓެސްޓްކޮސްފައިވާ ޓިއުބްތަކެއް
ރޮއިޓާސް
މަންކީޕޮކްސް ދުނިޔޭގެ ހާލަތު
އާންމުކޮށް މަންކީޕޮކްސް ނުފެންނަ 27 ޤައުމަކުން 800އެއްހާ ކޭސް
މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2 ވަނަ ދުވަހު ނިޔަލަށް 780 ކޭސް ފެނިފައިވޭ

އާންމު ގޮތެއްގައި މަންކީޕޮކްސް ނުފެންނަ 27 ޤައުމަކުން 780 މަންކީޕޮކްސް ކޭސް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2 ވަނަ ދުވަހު ނިޔަލަށް 780 ކޭސް ފެނިފައިވާއިރު އެއީ ލެބޯޓްރީން ޔަޤީންކޮށްފައިވާ ކޭސްތައްކަމަށެވެ. މި ކޭސްތައް ފެނިފައިވަނީ މެމްބަރު ޤައުމުތަކުގެ ތެރެއިން 27 އުމަކުން ކަމަށާއި އެޤައުމުތަކަކީ އާންމުކޮށް މީގެކުރިން މަންކީޕޮކްސް ފެނިފައިވާ ޤައުމުތަކެއް ނޫންކަމަށެވެ.

އަލަށް ހާމަކުރި ތަފާސްހިސާބުތަކާއެކު ވައިރަސް ޖެހިފައިވާ މީހުންގެ އިންސައްތަ ވަނީ 203 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. ޖޫންމަހުގެ 2 ވަނަ ދުވަހާ ހަމައަށް މިބަލީގައި އެއްވެސް މީހަކު މިއިން ޤައުމަކުން މަރުވެފައެއްނުވެއެވެ.

މީގެއިތުރުން ޑަބްލިޔުއެޗްއޯއިން އަންނަނީ މިބަލި ދެނެގަންނާނެ ގޮތާއި ލެބޯޓްރީތަކުގައި ޓެސްޓްކުރާނެ ގޮތްތަކާއި ކޮންޓެކްޓް ޓްރޭސިންގ އާއި ވެކްސިން އާއި ގުޅޭގޮތުން އުސޫލުތައް އެކުލަވާލަމުންނެވެ.

އާންމުގޮތެއްގައި އެފްރިކާގެ ޤައުމުތަކުން ފެންނަމުން އައި މަންކީޕޮކްސް އެފްރިކާ ސަރަޙައްދުން ބޭރުން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އެއީ މެއި މަހުގެ 7 ވަނަ ދުވަހު ނައިޖީރިއާއަށް ދަތުރުކުރި މީހެއްގެ ފުށުންނެވެ. އޭގެފަހުން ޔޫރަޕާއި އުތުރު އެމެރިކާ ސަރަޙައްދުން އަންނަނީ މިބަލީގެ ގިނަ ކޭސްތަކެއް ފެންނަމުންނެވެ.

- ކޮމެންޓް