ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 14:00
ސުޒައިރީ ޒަކަރިއްޔާ؛ ތިމާވެށި ހިމާޔަތް ކުރާ ފޮޓޯގްރާފަރެއް
ސުޒައިރީ ޒަކަރިއްޔާ؛ ތިމާވެށި ހިމާޔަތް ކުރާ ފޮޓޯގްރާފަރެއް
ރޮއިޓާރސް
ޖަންގަލި ގޭ ބަގީޗާއަށް
ނެތި ދިއުމުގެ ބިރުހީވެފައިވާ ޖަންގަލި، ގޭ ބަގީޗާއަށް
އޭނާގެ ގެއިން ރައްކާތެރިކަމާއި ހިމާޔަތް ދީފައިވާ 2000 އަށް ވުރެ ގިނަ ބާވަތުގެ ގަސްގަހާގެހި އެބަހުރި
މި މަސައްކަތަށް ކުރަން ޖެހޭ ހުރިހާ ހޭދައެއް ކުރަނީވެސް ސުޒައިރީގެ އަމިއްލަ ޖީބުން
ފޫބައްދަނީ އޭނާގެ އަމިއްލަ ގޭގައި އޮތް ޖަންގަލީގެ ފޮޓޯތައް ވިއްކައިގެން

ތިމާވެއްޓާ މެދު ވިސްނަން ޖެހޭ ގޮތަށް ވިސްނަނީ މަދު މީހެކޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ތިމާވެށީގެ ދުވަހެއް ފާހަގަކުރަމުންދާއިރު ކޮންމެ މީހަކުވެސް ދުވަހާ ގުޅޭ މޮޅެތި ޕޯސްޓުތައް ޖަހާ، އެކި ކުލަކުލައިގެ ފޮޓޯތަކުން ސޯޝަލް މީޑިއާ ފަޅުފިލުވަމުން ދާއިރު، ތިމާވެށި ހިމާޔަތް ކުރުން، އޭގެ ހަގީގީ މާނައިގައި ކުރަމުން ދާ އެކަކީ މެލޭޝިއާގެ ފޮޓޯގްރާފަރު ސުޒައިރީ ޒަކަރިއްޔާއެވެ.

އެކި ބޭނުންތަކަށް ޖަންގަލިތައް ކަނޑާ ހުސްކުރަމުންދާ އަދުގެ ދުނިޔޭގައި، ނެތި ދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ބާވަތްތައްކަކީ، މިހާރުން މިހާރަށް ހިމާޔަތް ކުރަންޖެހޭ ދިރުންތަކެއް ކަމަށް ބަލާ، އެކަމަށް އޭނާ ވަނީ އަމަލީ ސިފަވެސް ގެންނަން ފަށާފައެވެ.

މާ ސިންގާ ނަލަ ޖަންގަލިތަކުގެ މުއްސަނދިކަން ލިބިފައިވާ އެއް ގައުމަކީ މެލޭޝިއާއެވެ. ނަމަވެސް ރުއްދަނޑުތައް ހެއްދުމާއި އެކި ބޭނުންތަކަށް ލަކުޑި ހޯދުމަށް ގަސްތައް ކެނޑުމުގެ ސަބަބުން، 2001 ވަނަ އަހަރު ފަހު އަދާ ޖެހުނު އިރު، އެ ބިޔަ ޖަންގަލިތަކުގެ ގަހުގެ ދިރުންތަކުގެ ތެރެއިން 29 އިންސައްތަ މިހާރު ނެތި ގޮސްފައިވާ ކަމަށް، ފޮރެސްޓް ވޮޗްގެ ރެކޯޑްތަކުން ދައްކައެވެ. ފޮރެސްޓް ރިޒާވް އިންސްޓިޓިއުޓް އޮފް މެލޭޝިއާއިން ބުނާ ގޮތުގައި އެ ގައުމުގެ ގަސްކަރައިން ފެންނަން ހުރި ދިރުންތަކުގެ ތެރެއިން 500 ބާވަތެއް ވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ގިންތީގައި ލިސްޓު ކޮށްފައެވެ.

ދިރުންތައް ނެތިދިއުމަކީ 'ހިމޭން ގާތިލެއް' ކަމަށް ބުނާ އިބާރާތްތަކެއް ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުރެ މީޑިއާއާ ވާހަކަދައްކަމުން ސުޒައިރީ ބުނީ، އޭނާ ދިރިއުޅެމުން ދާ ގޭގެ ފަހަތުގައި އޮތް ހުސްބިމަކީ، ނެތި ދިއުމުގެ ބިރު ހީވެފައިވާ އެތައް ބާވަތެއްގެ ގަސްގަހާގެހީގެ ދިރުންތަކަށް ހިމާޔަތް ދީފައިވާ ތަނެއް ކަމަށެވެ. ތަފާތު އެކި ޒާތްޒާތުގެ މާމެލާމެލިވެސް އެތަނުގައި އެބަހުއްޓެވެ.

ގަސްކަނޑާ ސަރަހައްދުތަކުގައި ހުރި އޯކިޑް ގަސްތައް ހިމާޔަތް ކުރަން އަހަރެން ނިންމި މައިގަނޑު ސަބަބަކީ، އެ ސަރަހައްދުގައި ހުރި އޯކިޑް ގަސްތައް މަރުވާ ކަމުގެ އިހްސާސް ކުރެވުން. އެކަން އެހެން ދޫކޮށްލާފައި އޮވެއްޖިއްޔާ އެއީ އެއްވެސް ފައިދާއެއް ނެތް ކަމެއް ކަމަށް ގަބޫލު ކުރެވުނު. އެހެންވެ، އެ ރައްކާތެރި ކުރަން ވެގެން، އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ގެއަށް ގެނެސް، އަލުން އިންދުން ކަމަށް ގަބޫލު ކުރެވުނު. އަދި މި ސަރަހައްދުގައި ހުރި ބާވަތްތަކުގެ ރެކޯޑެއްވެސް ބެލެހެއްޓެނެތާ
ސުޒައިރީ ޒަކަރިއްޔާ؛ ތިމާވެށި ހިމާޔަތް ކުރާ ފޮޓޯގްރާފަރެއް

މިހާރު އުމުރުން 46 އަހަރު ފުރިފައިވާ ފޮޓޯގްރާފަރު، 2015 ވަނަ އަހަރު ފެށި މަސައްކަތާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނީ، އޭނާގެ ގެއިން ރައްކާތެރިކަމާއި ހިމާޔަތްދީފައިވާ 2000 އަށް ވުރެ ގިނަ ބާވަތުގެ ގަސްގަހާގެހި އެބަހުރި ކަމަށެވެ. މި މަސައްކަތަށް ކުރަން ޖެހޭ ހުރިހާ ހޭދައެއް ކުރަނީވެސް ސުޒައިރީގެ އަމިއްލަ ޖީބުންނެވެ. އެ ފޫބައްދަނީ އޭނާގެ އަމިއްލަ ގޭގައި އޮތް ޖަންގަލީގެ ފޮޓޯތައް ވިއްކައިގެންނެވެ. ދިރާސާ ކުރާ ފަރާތްތަކާއި ގަސްގަހާ ގެއްސަށް ލޯބިކުރާ ފަރާތްތަކަށް، ސުޒައިރީގެ މަސައްކަތުންވާ ފައިދާ ބޮޑެވެ.

ދާއިރާގެ ތަޖުރިބާކާރުންގެ ތައުރީފުވެސް ސުޒައިރީ ނުވަތަ އާންމު ނަމުން ނަމަ، "ޑޯމް" އަށް ލިބެނީ އިންތިހާއަށެވެ. ސުޒައިރީ ކުރަމުންދާ މަސައްކަތަކީ، އިތުރު މީހަކަށް އެގޮތަށް، ނުވަތަ އެ ފެންވަރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އިއްތިފާގުވާ މީހުންވެސް މަދެއް ނޫނެވެ. ޔުނިވާސިޓީ އޮފް މެލޭޝިއާ ޓެރަންގަންނޫގެ ސްޕެޝަލިސްޓެއް ކަމަށްވާ ޖަމީލާ މުޙައްމަދު ސަލީމު ވިދާޅުވާ ގޮތުގައި، ސުޒައިރީއަކީ ހާއްސަ ހުނަރެއް ލިބިފައި ވާ ފަންނުވެރިއެކެވެ.

ސުޒައިރީގެ ގޭގައި ރައްކާކޮށްފައިވާ އޯކިޑްގެ ބައެއް ބާވަތްތަކުގެ ތެރޭގައި އަދި ނަމެއް ދީފައި ނުވާ ކިތަންމެ ބާވަތެއް އެބަހުއްޓެވެ. ސުޒައިރީ ބުނާ ގޮތުގައި މިއަދު އެ ތަކެތި ހިމާޔަތް ނުކޮށްފިނަމަ، މި ވެށިން އެ ނެތި ގޮސް، އެއީ ހުރި ބާވަތެއްކަންވެސް ހަނދާން ނެތޭ ދަރަޖައަށް ކަންކަން ހިނގައިދާނެއެވެ.

ޖަންގަލިތަކާއި އެ ތަންތަނުގައިވާ ގަސްގަހާގެހީގެ ދިރުންތަކުގެ މައުލޫމާތު ސުޒައިރީ އެއްކުރީ، މެލޭޝިއާގެ އެންމެ ގަދީމީ ގަބީލާތަކުގެ ތެރޭގައި ހިމެނޭ ބާތިގު ގުރޫޕުގެ ދިރިއުޅުމުގެ މަސައްކަތް ޑޮކިއުމަންޓް ކުރަމުން ދިޔަ ދުވަސްވަރުއެވެ.

- ކޮމެންޓް