ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 07:14
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެކްސިން ޖަހަން ފެށުމުގެ ތެރެއިން
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެކްސިން ޖަހަން ފެށުމުގެ ތެރެއިން
ޝުރުފާ މުހައްމަދު
ރިސޯޓްތަކުގެ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖެހުން
ރިސޯޓްތަކުގެ 68.7 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖަހައިފި
ރިސޯޓްތަކުގައި މަސައްކަތްކުރާ 97.5 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި

ރިސޯޓުތަކުގައި މަސައްކަތްކުރާ 68.7 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ޖޫން މަހުގެ 2 ވަނަ ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާރޗް 24 ވަނަ ދުވަހުގެ ނިޔަލަށް, ރިސޯޓްތަކުގައި މަސައްކަތްކުރާ 97.5 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 99.9 އިންސައްތަ މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓުކުރާ 152 ރިސޯޓެއް އޮތްއިރު، މިރިސޯޓުތަކުގައި ޖުމްލަ 41،431 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މީގެއިތުރުން ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, 2020 ވަނަ އަހަރުގެ ޖުލައި މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 0.19 އިންސައްތައިގައެވެ. 2021 ވަނަ އަހަރު މިނަމްބަރު ހުރީ 0.30 އިންސައްތައިގައެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 0.49 އިންސައްތައިގައެވެ. ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

- ކޮމެންޓް