Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 15:24
ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ
ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ފިތުރު ޒަކާތް
ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި
މާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒުގައި
ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށް
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރު

ރަމަޟާން މަހުގެ ފުރަތަމަ ފަނަރަ ދުވަސް ނިމުނު އިރު  28128 މީހުން އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއަށް ޒަކާރް ބަލައިގަތުން ހަމަޖެހިފައިވަނީ އިސްލާމިކް މަރުކަޒާއި  ހުޅުމާލޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން  ވިލިމާލެ އާއި އަޔާދީ ތަކާފުލް މެދުވެރިކޮށްގެންނާއި ދިރާގު އެސްއެމްއެންސް މެދުވެރިކޮށްގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނަން ފެށުމާއެކު، މާލެއިން ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގޮސް ޒަކާތް ދައްކަމުން އަންނަ ކަމަށެވެ. ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ވީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ.

ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށެވެ.

ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށްދަނީ އިސްލާމީ މަރުކަޒު ހޯލުގަ އެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަންއާއި، ވިލިމާލެއާއި، ރަށްރަށުގެ ރަށު ކައުންސިލުން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.

ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް