ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 21:50
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕޮގްބާގެ ކޮންޓްރެކްޓް ހަމަވުން
ޕޮގްބާ ހޯދުމަށް މަސައްކަތް ނުކުރާކަމަށް ރެއާލްއިން ބުނެފި
ޕޮގްބާ ދިޔުން އެންމެ ގާތީ އޭނާ ކުރިން ކުޅުނު އިޓަލީގެ ޔުވެންޓަސްއަށް
ރެއާލްގެ އެންމެ ބޮޑު ޓާގެޓަކީ މޮނާކޯއަށް ކުޅެމުން އަންނަ އޮޣޭލިއަން ޗުއާމެނީ އެޓީމަށް ގެންދިއުން

މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދުމަށް މަސައްކަތް ނުކުރާކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

މިއަންނަ ސީޒަނަށް ވާއިރަށް ރެއާލްއިން އަންނަނީ ރަނގަޅު މިޑްފީލްޑަރެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރެއާލްގެ އެންމެ ބޮޑު ޓާގެޓަކީ މޮނާކޯއަށް ކުޅެމުން އަންނަ އޮޣޭލިއަން ޗުއާމެނީ އެޓީމަށް ގެންދިއުމެވެ. އެގޮތުން ޗުއާމެނީ ހޯދުމަށް މޮނާކޯއާއެކު މަޝްވަރާތައް ކުރަމުން އަންނައިރު، އޭނާ ހޯދޭނެކަމުގެ އިތުބާރު ރެއާލްއަށް އެބައޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑުގެ ޑިރެކްޓަރުން ބުނީ އެޓީމުން ޕޮގްބާއަށް އެއްވެސް ކޮންޓްރެކްޓެއް ހުށަހަޅާފައި ނުވާނެކަމަށެވެ. ފާއިތުވި ފަސް ސަމަރ ބްރޭކުގައިވެސް ރެއާލްއަށް ޕޮގްބާ ބަދަލުވަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އަދި ރެއާލްގެ ކުރީގެ ކޯޗު ޒިނެދީން ޒިދާން ވަނީ ޕޮގްބާ ހޯދުމަށް ކްލަބަށް ހުށައަޅާފައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަންގައި ފްރީ އެޖެންޓެއްގެ ގޮތުގައި އޭނާ ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު ޕޮގްބާއަށް އެބައޮތެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕޮގްބާ ދިޔުން އެންމެ ގާތީ އޭނާ ކުރިން ކުޅުނު އިޓަލީގެ ޔުވެންޓަސްއަށެވެ. ޔުވެންޓަސްގައި ކުޅުމަށްފަހު ޕޮގްބާ އެނބުރި ޔުނައިޓެޑްއާއި ގުޅުނީ 2016 ވަނަ އަހަރުއެވެ.

ޓިމުގެ މިޑްލް ތާޑަށް ކުޅޭނެ ކުޅުންތެރިއެއް ރެއާލްއިން ހޯދަމުން އަންނައިރު، މިއަންނަ ސީޒަނަށް ވާއިރަށް މެދުތެރެއިން ކުޅެން އެޓީމުގައި މިހާރު ތިބީ ފަސް ކުޅުންތެރިންނެވެ. އެއީ ކަސެމީރޯ، ޓޮނީ ކްރޫސް، ލުކާ މޮޑްރިޗްގެ އިތުރުން ފެޑޭ ވަލްވާޑޭއާ އެޑުއާޑޯ ކަމަވިންގާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް