ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 20:22
ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ
ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ
ރައީސް އޮފީސް
ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ
ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފި
މިފަހަރުގެ މުބާރާތުގައި ހުޅުމާލެ، މާލެ އަދި ވިލިމާލެއިން 20 ސްކޫލަކުން 40 ޓީމު ބައިވެރިވި
ގްރޭޑް 2 ގެ ބައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރެހެންދި ސްކޫލް
ގްރޭޑް 1 ގެ ޖޮއިންޓް ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލް

މާލެ ސިޓީގެ ސްކޫލްތަކުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މުބާރާތް ކުރިއަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. މުބާރާތް މިއަދު ނިންމާލާފައި ވާއިރު، ގްރޭޑް 1 ގެ ފައިނަލް މެޗުގައި ވާދަކުރި ދެޓީމު އެއްވަރުވުމުން ދެޓީމަށްވެސް ވަނީ ޗެމްޕިއަންތަށި ދީފައެވެ. ގްރޭޑް 1 ގެ ޖޮއިންޓް ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލެވެ. މުބާރާތުގައި ގްރޭޑް 1 ގެ ބައިން ތިންވަނަ ހޯދީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެވެ.

ގްރޭޑް 2 ގެ ބައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރެހެންދި ސްކޫލެވެ. ރަނަރއަޕް ޓީމަކަށް ގާޒީ ސްކޫލް ހޮވުނުއިރު ތިންވަނަ ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލުންނެވެ.

ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން - ރައީސް އޮފީސް

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފުވެސް ބައިވެރިވެވަޑައިގަތެވެ.

މިފަހަރުގެ މުބާރާތުގައި ހުޅުމާލެ، މާލެ އަދި ވިލިމާލެއިން 20 ސްކޫލަކުން 40 ޓީމު ބައިވެރިވިއެވެ. މުބާރާތް ކުރިއަށް ގެންދަނީ ގްރޭޑް އެކަކުން ފެށިގެން ހަތަރެއްގެ ދަރިވަރުންނަށެވެ. ޖޫން އެކަކުން ހަތަރަކަށް ކުޅުނީ ގްރޭޑް 1 އަދި 2 ގެ ބައެވެ. ދެން އޮންނާނީ ގްރޭޑް 3 އަދި 4 ގެ މުބާރާތެވެ. މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ ޕްރީ ސްކޫލް ދަރިވަރުން ހިމެނޭ ގޮތަށް ގްރޭޑް ފަހަކާ ހަމައަށެވެ. މުބާރާތުގެ އޮނިގަނޑު ރާވާލާފައި ވަނީ ހުރިހާ ކުޅުންތެރިންނަށްވެސް ކުޅެން ފުރުސަތު ލިބޭނެ ގޮތަށެވެ.

މި މުބާރާތް ކުރިއަށް ގެންދިޔަ ސޮކަރ ވެޓަރެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ނެސްލޭ އަދި ޖުމްލަކޮށް ހުރިހާ ސްޕޮންސަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

- ކޮމެންޓް