Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 15:10
ހުޅުމާލެ
ހުޅުމާލެ
ގޫގުލް
އެކްސިޑެންޓް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!
ޒަހަމްވީ 23 އަހަރުގެ އަންހެން ކުއްޖަކަށް
އެ ކުއްޖާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި
މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އަދިވެސް އޮތީ ސީރިއަސް ހާލަތުގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އައްފާލު ވިދާޅުވީ،ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

އައްފާލު ވިދާޅުވީ، އެކުއްޖާގެ ހާލު ސީރިއަސް އިރު، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ބޮލުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 23 އަހަރުގެ އަންހެން މީހާ ސިންގުޑިއަށް ވަނީ ލޭ އެޅިފަ އެވެ.

ފުލުހުން ބުނީ، މިހާދިސާއައި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި، މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔުމުން، ހުޅުމާލޭ އެމްޕީއެލް ހުންނަ މަގުގައި އަޅާފައިވާ ބަންޕަރެއް މަތިން އެރިވަގުތު ކޮންޓްރޯލް ނުކުރެވިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ފައި ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާއިރު، ސައިކަލް ފަހަތުގައި އިން އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. ބޮލަށް އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ އިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް