ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 15:35
23 ވަނަ އިންޓަރ-ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
23 ވަނަ އިންޓަރ-ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ރާއްޖެއެމްވީ
ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް
އިންޓަރ ސްކޫލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާނެ ރަށެއް ކަނޑައަޅަން ބިޑަށް!
 
މުބާރާތް އޮންނާނީ އޮކްޓޯބަރު މަހު

އިންޓަރ ސްކޫލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާނެ ރަށެއް ކަނޑައެޅުން, އެސޯސިއޭޝަނުން ބިޑަށް ހުޅުވާލައިފިއެވެ.

މުބާރާތުގެ ވާދަވެރިކަމާއި, ބާއްވާނެ ރަށެއް ކަނޑައެޅުމުގައިވެސް ވާދަވެރިކަން ބޮޑުވެ, ރަށެއް ކަނޑައަޅަމުން އަންނަނީ ޕްރޮޕޯސަލް ހުށަހަޅައިގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށަކަށް ފުރުޞަތު ދޭގޮތަށެވެ. އެތްލެޓިކްސްގެ ބޮޑެތި މުބާރާތްތައް މިހާތަނަށް ބާއްވަމުން އައި ރަށްތަކަކީ ހދ.ކުޅުދުއްފުށި, ގދ.ތިނަދޫ, އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 10 ގެ ނިޔަލަށް އެސޯސިއޭޝަނުން ވަނީ ހުޅުވާލާފައެވެ.

މުބާރާތް ބާއްވާނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެންމެ ފަހުން ނިމުނު އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައިވެސް 47 ސްކޫލަކުން 1800 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރިއެވެ. އެމުބާރާތުގެ ތިން އުމުރުފުރައެއްގެ ތަށި ހޯދީ މާލޭގެ ސްކޫލްތަކެވެ. އަދި ތިން އުމުރުފުރައެއްގެ ތަށި އަތޮޅުތަކުގެ ސްކޫލްތަކުން ހޯދިއެވެ.

މިއަހަރު ކުރިއަށްހުރި އެތްލެޓިކްސް މުބާރާތްތަކަކީ ޖޫނިއަރ ޗެމްޕިއަންޝިޕްގެ އިތުރުން ޤައުމީ މުބާރާތާއި, އެސޯސިއޭޝަން ޗެމްޕިއަންޝިޕްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް