ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 08:06
ޑެންމާކް މޮޅުވީ ފަހަތުންއަރައި ދެލަނޑު ޖަހައިގެން
ޑެންމާކް މޮޅުވީ ފަހަތުންއަރައި ދެލަނޑު ޖަހައިގެން
ޔުއެފާ ނޭޝަންސް ލީގު
ޔުއެފާ ނޭޝަންސް ލީގު
ޑެންމާކުން ޗެމްޕިއަން ފްރާންސް ބަލިކޮށްފި
ޑެންމާކް މެޗު ކާމިޔާބުކުރީ 2-1ން
ގްރޫޕުގެ އެއްވަނާގައި އޮތީ އޮސްޓްރިއާ

ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ޑެންމާކް އަތުން ބަލިވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ޑެންމާކް ކާމިޔާބުކުރީ 2-1ންނެވެ. ފްރާންސްގެ ދަނޑުގައި ކުޅުނު މި މެޗުން ޑެންމާކް މޮޅުވީ ފްރާންސުން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ފްރާންސަށް ލީޑްނަގައިދިނީ ކަރިމް ބެންޒެމާއެވެ. މިއީ މި ސީޒަންގައި އޭނާ ޖެހި 50 ވަނަ ލަނޑެވެ. ބެންޒެމާ، މި ސީޒަންގައި ރެއާލްއަށް 44 ލަނޑު ޖަހައިދިންއިރު، ފްރާންސަށް 6 ލަނޑު ޖަހައިދީފައިވެއެވެ.

ޑެންމާކުގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންދްރެއަސް ކޮނޭލިއަސްއެވެ. އޭނާ ވަނީ މި މެޗުން ޑެންމާކް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރިއިރު، ރަފައެލް ވެރާންވެސް ވަނީ އަނިޔާވެގެން ދަނޑުން ބާލާފައެވެ.

މި ނަތީޖާއާއެކު ޑެންމާކް އޮތީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނާގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އޮސްޓްރިއާއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ޕޮއިންޓެއް ނުލިބު ތިންވަނާގައި ފްރާންސް އޮތްއިރު، ބައިކޮޅަށް ވަތް ގޯލު ގިނަވުމުން ފުލުގައި އޮތީ ކްރޮއޭޝިޔާއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ކްރޮއޭޝިޔާ ބަލިވީ 3-0ންނެވެ.

- ކޮމެންޓް