ކ. މާލެ
|
3 ޖޫން 2022 | ހުކުރު 17:39
އެމެރިކާގެ ޒުވާން ކީޕަރު ގަބްރިއެލް ސްލޯނީނާ
އެމެރިކާގެ ޒުވާން ކީޕަރު ގަބްރިއެލް ސްލޯނީނާ
މާސާ
ސްލޮނީނާ ހޯދުމަށް ރެއާލްއިން މަސައްކަތް ކުރުން
ސްލޯނީނާ ބޭނުންވަނީ ރެއާލްއަށް ދިއުމަށް
 
ސްލޯނީނާގެ އެޖެންޓް ގާސިއާ ބުނީ ރެއާލްއަށް ނޫނެކޭ ނުބުނެވޭނެ ކަމަށް
 
ސްލޯނީނާ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ ޗިކާގޯ ފަޔާއަށް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެން އެމެރިކާގެ ޒުވާން ގޯލް ކީޕަރު ގަބްރިއެލް ސްލޯނީނާ ބޭނުންވާކަމަށް އޭނާގެ އެޖެންޓު ގާސިއާ ބުނެފިއެވެ.

ރެއާލްއިން ސްލޯނީނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ގާސިއާ ބުނީ ސްލޯނީނާ ދޫކޮށްލުމަށް އޭނާ މިހާރު ކުޅޭ ކްލަބުން އެއްބަސްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ސްލޯނީނާ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ ޗިކާގޯ ފަޔާއަށެވެ.

ގާސިއާ ބުނީ ރެއާލްއަށް ކުޅުމަކީ ސްލޯނީނާގެ ހުވަފެނެއް ކަމަށެވެ. ރެއާލް ނޫން އެހެން ކްލަބުތަކުންވެސް ސްލޯނީނާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ގާސިއާ ބުނީ ރެއާލްއަށް ނޫނެކޭ ނުބުނެވޭނެ ކަމަށެވެ.

ސްލޯނީނާ އަކީ ޔޫރަޕުގެ ގިނަ ކްލަބުތަކަކުން ކަޅިއަޅަމުން އަންނަ ކީޕަރެކެވެ. ޒުވާން ކީޕަރަށް 18 އަހަރު ފުރުނީ މިހިނގާ މެއި މަހުއެވެ. ސްލޯނީނާއަކީ އެމެރިކާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް