ކ. މާލެ
|
3 ޖޫން 2022 | ހުކުރު 07:22
ތުރުކީގެ ނަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހު
ތުރުކީގެ ނަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހު
އަލްޖަޒީރާ
ތުރުކީގެ ނަން ބަަދަލުކުރުން
ތުރުކީގެ ނަން ތުރުކިއޭއަށް ބަދަލުކޮށްފި
 
ނަން ބަދަލު ކުރީ ޚާރިޖީ ވަޒީރު ބުދަ ދުވަހު އދ. އަށް ސީޓީއެއް ފޮނުވުމަށްފަހު
 
އުފެއްދުންތަކުގައިވެސް "މޭޑް އިން ތުރުކިއޭ" މިގޮތަށް ލޭބަލްކުރާނެ

ތުރުކީގެ ނަން ތުރުކިއޭއަށް ބަދަލުކޮށްފިއެވެ.

ތުރުކީއަކީ ދިވެހިންގެ ތެރޭގައިވެސް މަގްބޫލު ގައުމެކެވެ. ތުރުކީގެ ނަން ތުރްކިޔޭއަށް ބަދަލުކޮށްފައިވަނީ އެގައުމުގެ ނަން ބަދަލުކުރުމަށް ވެރިރަށް އަންކާރާއިން އދ. ގައި އެދުމުންނެވެ.

އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، ތުރުކީގެ ނަން ތުރުކިއޭއަށް ބަދަލުކުރުމަށް އެދި، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް ތުރުކީގެ ޚާރިޖީ ވަޒީރު ބުދަ ދުވަހު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. ޚާރިޖީ ވަޒީރު މެވްލުޓް ކަވުސޮގްލޫގެ ސިޓީއާއެކު އެ ގައުމުގެ ނަން ބަދަލުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ތުރުކީން ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ރަސްމީ ނަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މެމޮރެންޑަމް އެއް ނެރުއްވި ހިސާބުންނެވެ. އޭގައިވަނީ ކޮންމެ ބަހަކުން ވެސް އެ ގައުމު ސިފަކުރުމަށް ތުރްކިއޭ ބޭނުން ކުރެއްވުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގައުމުގެ ކުންފުނިތަކުން އުފައްދާ އުފެއްދުންތަކުގައިވެސް "މޭޑް އިން ތުރުކިއޭ" މިގޮތަށް ލޭބަލް ކުރުމަށް އުރުދުޣާންވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
0%
0%
33%
ކޮމެންޓް