ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 18:18
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕޮގްބާ ޔުނައިޓެޑް ދޫކޮށްލުން
ޕޮގްބާއަށް ބޮޑު ބޯނަސްއެއް!
4.43 މިލިއަން ޕައުންޑުގެ ބޯނަސްއެއް ޕޮގްބާއަށް ދިނުމަށް ޔުނައިޓެޑުން ވަނީ ނިންމާފައި

މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ޓީމު ދޫކޮށްލުމުގެކުރިން އޭނާއަށް ބޮޑު ބޯނަސްއެއް ދޭން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން "ލޯޔަލްޓީ ބޯނަސް"ގެ ގޮތުގައި 3.78 މިލިއަން ޕައުންޑާއެކު ޖުމްލަ 4.43 މިލިއަން ޕައުންޑުގެ ބޯނަސްއެއް ޕޮގްބާއަށް ދިނުމަށް ޔުނައިޓެޑުން ވަނީ ނިންމާފައެވެ.

ޔުނައިޓެޑުން ވަނީ މި ސީޒަން ނިމުމަށްފަހު ޕޮގްބާ އެޓީމުގައި މަޑުނުކުރާނެކަމުގެ ޔަގީންކަން ދީފައެވެ. މީގެ ކުރިންވެސް ވަނީ މި ސީޒަން ނިމުމަށްފަހު ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާނެކަމުގެ އަޑުތައް ފެތުރިފައެވެ. މީގެ ކުރިން ޔުނައިޓެޑުން މިކަމަށް ބަހެއް ނުބުނެއެވެ. ނަމަވެސް މިފަހަރު ޓީމުން ވަނީ އޭނާ މި ސީޒަނަށްފަހު ޓީމުގައި މަޑުނުކުރާނެކަން ޔަގީންކޮށްދީފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕޮގްބާ ވަނީ ޔުނައިޓެޑް ޓީމުގެ ކުޅުންތެރިންގެ ވަޓްސްއެޕް ގްރޫޕުންވެސް ނިކުމެފައެވެ. ޕޮގްބާ ގްރޫޕުން ނުކުމެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ދިނުމަށްފަހުކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހު ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. ޔުވެންޓަސްގައި 124 މެޗު ކުޅުނުއިރު، އޭނާ ވަނީ 28 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ ފަހުން 2016 ވަނަ އަހަރު ޕޮގްބާ ވަނީ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ. އޭރު އޭނާ ޔުނައިޓެޑަށް ބަދަލުވީ ރެކޯޑު އަގަކަށެވެ.

ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓަށެވެ. އެހެންކަމުން ފްރީ އެޖެންޓެއްގެ ގޮތުގައި ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު ޕޮގްބާއަށް އެބައޮތެވެ.

- ކޮމެންޓް