ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުއަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަށް 12 އަހަރުގެ ޖަލުހުމުމެއްގައިވާ އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާން އަބްދުﷲ ވެސް ގޮވާލައްވައިފި އެވެ.
އިމްރާން އެގޮތަށް ގޮވާލައްވާފައިވާކަން ދޭހަވާގޮތަށް، އަދާލަތު ޕާޓީގެ ނާއިބު ރައީސް އަދި ޝެއިހް އިމްރާންގެ ގާނޫނީ ވަކީލު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން މޭޑޭގައި މުޒާހަރާގައިވެސް އިމްރާން ވިދާޅުވެފައިވަނީ އަދީބަށް ދެރައެއް ލިބޭކަށް އަދި ދެރައެއް ދޭން ވެސް ބޭނުން ނުވާ ކަމަށެވެ. އަދީބު އޭރު ހުންނެވީ ސަރުކާރުގެ ތެރޭގައި ކަމަށާއި މިއަދު ޖަލުގައި ހުންނެވި އިރު އަމުދުން ދެރައެއް ލިބެން އެދިވަޑައިނުގަންނަވާ ކަމަށެވެ. އިންސާނިއްޔަތުކަމުގެ ގޮތުން ބެލި ނަމަވެސް އަދީބަށް ވެސް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭނެ ކަމަށެވެ.
Maday ga Adheeb sarukaaruga hunnevi iruves AP raees vidhaalhuvamun gendhevi dheraeh libeykah/dheykah beynumeh nooney, miadhu Adheeb... (1/2)
— Ali Zahir (alipi) (@alixahir) June 10, 2017
...Jaluga onnevi iru amudhun egothah neydhen. Insaaniyyathukamuge gothun beliyas adheebah ves ekasheegenva beysfaruva liben jeheyne. (2/2)
— Ali Zahir (alipi) (@alixahir) June 10, 2017
ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައާއި ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބަސްވިކޭ ބޭފުޅެއްގެ ގޮތުގައި އިސްސަފުގައި މަސައްކަތްކުރެއްވި އަދި މިހާރު 33 އަހަރުގެ ޖަލު ހުކުމެއްގައިވާ އަދީބުގެ ބޭސްފަރުވާގެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަދީބަށް އެ ފުރުސަތު ފޯރުކޮށްނުދޭކަމަށް އަދީބާއި އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަށް މީގެކުރިން، ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވާފަ އެވެ. މީގެއިތުރުން، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވެސް ގިނަ މެމްބަރުން ގެންދަވަނީ އަދީބަށް ބޭސްފަރުވާ ފޯރުކޮށްދޭންޖެހެކަމަށް ވިދާޅުވެ އެކި ޕޯސްޓްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުންނެވެ.
Understand former VP Adeeb is ill in prison. All prisoners, including Adeeb, must be given appropriate medical care by the state.
— Maumoon Abdul Gayoom (@maumoonagayoom) June 8, 2017
Distressing reports of imprisoned former VP Ahmed Adeeb being denied request to seek medical treatment for his deteriorating health.
— Mohamed Nasheed (@MohamedNasheed) May 31, 2017