ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 13:59
ފްލައިމީއިން މިވަގުުތު ދަތުރުކުރަނީ މާމިގިއްޔަ އެކަނި
ފްލައިމީއިން މިވަގުުތު ދަތުރުކުރަނީ މާމިގިއްޔަ އެކަނި
ގޫގުލް
ފްލައިމީ
ފްލައިމީން އައްޑޫ އާއި ފުވައްމުލަކުގެ ވަންވޭ ޓިކެޓްގެ އަގު 888ރ. އަށް
ފްލައިމީއިން މިވަގުުތު ދަތުރުކުރަނީ މާމިގިއްޔަ އެކަނި

އައްޑޫ ސިޓީ އާއު ފުވައްމުލަކާއި ދޭތެރޭ ފްލައިމީގެ ދަތުރުތައް ފަށަން ތައްޔާރުވަމުންދާއިރު ވަންވޭ ޓިކެޓްގެ އަގު 888 ރުފިޔާއަށް ވިއްކާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

 

ފްލައިމީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި އެގޮތުން ޖޫން 15 ވަނަ ދުވަހު ދަތުރުތައް ފެށުމަށް ހުރިހާ ކަމެއް ނިންމަމުންދާ ކަމަށެވެ.

 

ނާޝިދު ވިދާޅުވީ މި ދެ ޑެސްޓިނޭޝަންގެ ޓިކެޓްގެ ފުރަތަމަ ފެއަރ އަކީ 888ރ. ކަމަށާއި ދެން ހުރި ޓިކެޓް ފެއަރ ތަކުގެ އަގުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

 

އައްޑޫއާއި ފުވައްމުލަކުއަކީ ކުރިންވެސް ފްލައިމީން ދަތުރުތައް ބާއްވާފައިވާ ދެ ޑެސްޓިނޭޝަން ކަމަށާއި އެހެންކަމުން މިވަގުތު އެސަރަހައްދުތަކުގައި ޤާއިމްކުރަންޖެހޭ ފްލައިމީގެ އޮފީސްތައް ޤާއިމްކުރުމާއި އެހެނިހެން ގޮތްގޮތުން ނިންމަންޖެހޭ މަސައްކަތް ވަރަށް ހަލުވިކަމާއި އެކު ކުރިއަށްދާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

 

އަދި ފްލައިމީގެ އަމާޒަކީ މިދަތުރުތައް ފެށުމާއެކު ކޮންމެ ދުވަހު އެއް ފްލައިޓް ޝެޑިއުލްކޮށްގެން މި ދެ ޑެސްޓިނޭޝަންއަށްވެސް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ފްލައިމީއިން މިވަގުުތު ދަތުރުކުރަނީ މާމިގިއްޔަ އެކަންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް