Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 13:49
ރައީސް ޔާމީންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީން
ރައީސް ޔާމީންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީން
ޓްވިޓަރ
އަލްގީން
ރައީސް ޔާމީންގެ ކޮއްކޯފުޅު އަލްގީނަށް ޑެޕިއުޓީ މިނިސްޓަރުގެ މަގާމު!
މީގެކުރިން އަލްގީން ހުންނެވީ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރގެ މަގާމުގައި
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މޫސުމާބެހޭ އިދާރައިގެ ވެރިއަކަށް ގިނަ ދުވަހު ހުންނެވި
މޫސުމާބެހޭ އިދާރާގެ ވެރިއަކަށް ހުންނެވި ދުވަސްވަރު އަލްގީން ހިންގި ކަމަށްބުނާ ކޮރޮޕްޝަންގެ މައްސަލައެއް ފެންމަތިވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކޮޮއްކޯފުޅު އަބްދުﷲ އަލްގީން އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އަލްގީން މީގެ ކުރިން ހުންނެވީ މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރގެ މަގާމުގައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް)ގެ ވެރިޔަކަށް ހުންނެވި އެވެ. އަލްގީން މެޓް އޮފީހުގެ ވެރިއަކަށް ހުންނެވި ދުވަސްވަރު، ހިންގިކަމަށްބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި އަލްގީންގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

ނަމަވެސް ކޯޓް މަރުހަލާތަކުން އެމައްސަލަ، ނިމުނުއިރު އަލްގީންގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް