ކ. މާލެ
|
1 ޖޫން 2022 | ބުދަ 21:19
ވެސްޓް ހޭމްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރ ކަރޓް ޒޫމާ
ވެސްޓް ހޭމްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރ ކަރޓް ޒޫމާ
ގެޓީ އިމޭޖަސް
ބުޅަލަކަށް އަނިޔާ ކުރުމުން އަދަބުދިނުން
ބުޅަލަކަށް އަނިޔާ ކުރުމުން ކަރޓް ޒޫމާއަށް އަދަބުދީފި
25،000 ޕައުންޑުން ކާޓް ޖޫރިމަނާކުރި

ވެސްޓް ހޭމްގެ ޑިފެންޑަރު ކަރޓް ޒޫމާ، ބުޅަލަކަށް އަނިޔާ ކުރުމުން އޭނާއަށް އަދަބުދީފިއެވެ.

މިދިޔަ ފެބްރުއަރީ މަހު އޭނާ ބުޅަލަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ކަރޓްގެ ގޭގައި ގެންގުޅޭ މި ބުޅަލަށް އަނިޔާ ކުރުމުގެ ގޮތުން އޭނާ ވަނީ ބުޅަލުގެ ބަނޑުގައި ފައިން ޖަހާ، ބުޅަލުގެ ބޮލުގައިވެސް ޖަހާފައެވެ. އަދި ބުޅާ މަރާލާނެކަމަށް ބުނާ އަޑުވެސް އެވީޑިއޯއިން އިވެއެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުވީ ކަރޓްގެ ކޮއްކޮ ޔޯން ޒޫމާގެ ސްނެޕުންނެވެ. ޔޯން ވަނީ އޭނާގެ ސްނެޕް ސްޓޯރީއަށް މި ވީޑިއޯ ލާފައެވެ. ޔޯންގެ ސްނެޕްގައި 80 ފޮލޯވަރުން ތިބިއިރު، އެވީޑިއޯ ޑިލީޓް ކޮށްލުމުގެ ކުރިން ފަސް މީހަކު އެވީޑިއޯ ބަލާފައިވެއެވެ.

ކާޓް ބުޅަލަށް ކުރި އަނިޔާއާއެކު ކޯޓުން ވަނީ 180 ގަޑިއިރު، މުޖުތަމައަށް ޚިދުމަތް ކުރުމަށް އޭނާއަށް ހުކުމް ކޮށްފައެވެ. މީގެ އިތުރުން ފަސް އަހަރުވަންދެން ބުޅާ ގެންގުޅުންވެސް އޭނާއަށް މަނާކޮށްފައިވެއެވެ. ކޯޓުން ކުރި ހުކުމުގައި 25،000 ޕައުންޑުން ކަރޓް ޖޫރިމަނާކުރަން ނިންމާފައި ވާއިރު، އޭނާއަށް މުހިންމު އެޑިޑާސްގެ ސްޕޮންސަރޝިޕްވެސް ވަނީ ގެއްލިފައެވެ.

މި މައްސަލައާ ގުޅިގެން ކަރޓްގެ ކޮއްކޮ ޔޯންއަށް ވަނީ 140 ގަޑިއިރު މުޖުތަމައަށް ޚިދުމަތް ކުރުމަށް ހުކުމް ކޮށްފައެވެ. އަދި ފަސް އަހަރުވަންދެން ބުޅާ ގެންގުޅުން އޭނާއަށްވެސް މަނާ ކުރިއެވެ. ޔޯން ވަނީ ބުޅަލަށް އަނިޔާ ކުރުމަށް ކަރޓް އަށް ހިތްވަރުދީފައެވެ.

- ކޮމެންޓް