ކ. މާލެ
|
1 ޖޫން 2022 | ބުދަ 16:50
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕޮގްބާ ޔުނައިޓެޑް ދޫކޮށްލުން
ޕޮގްބާ، ޔުނައިޓެޑް ދޫކޮށްލާނެ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހު ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު
މީގެ ދުވަސްކޮޅެއް ކުރިން ޕޮގްބާ ވަނީ ޔުނައިޓެޑް ޓީމުގެ ކުޅުންތެރިންގެ ވަޓްސްއެޕް ގްރޫޕުންވެސް ނިކުމެފައި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ އެޓީމު ދޫކޮށްލާނެކަން ޔަގީންވެއްޖެއެވެ.

ޔުނައިޓެޑުން ވަނީ މި ސީޒަން ނިމުމަށްފަހު ޕޮގްބާ އެޓީމުގައި މަޑު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. މީގެ ކުރިންވެސް ވަނީ މި ސީޒަން ނިމުމަށްފަހު ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާނެ ކަމުގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް މީގެ ކުރިން ޔުނައިޓެޑުން މިކަމަށް ބަހެއް ނުބުނެއެވެ. އެކަމަކު މިފަހަރު ޓީމުން ވަނީ އޭނާ މި ސީޒަނަށްފަހު ޓީމުގައި މަޑުނުކުރާނެކަން ޔަގީން ކޮށްދީފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕޮގްބާ ވަނީ ޔުނައިޓެޑް ޓީމުގެ ކުޅުންތެރިންގެ ވަޓްސްއެޕް ގްރޫޕުންވެސް ނިކުމެފައެވެ. ޕޮގްބާ ގްރޫޕުން ނުކުމެފައި ވަނީ ޓީމުގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ދިނުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމަށްފަހު ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. ޔުވެންޓަސްގައި 124 މެޗު ކުޅުނުއިރު، އޭނާ ވަނީ 28 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ ފަހުން 2016 ވަނަ އަހަރު ޕޮގްބާ ވަނީ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ. އޭރު އޭނާ ޔުނައިޓެޑަށް ބަދަލުވީ ރެކޯޑު އަގަކަށެވެ.

ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓަށެވެ. އެހެންކަމުން ފްރީ އެޖެންޓެއްގެ ގޮތުގައި ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު ޕޮގްބާއަށް އެބައޮތެވެ.

- ކޮމެންޓް