ކ. މާލެ
|
31 މެއި 2022 | އަންގާރަ 18:58
އެންތަނީ އަލްބަނީސް - އޮސްޓްރޭލިޔާގެ އައު ބޮޑުވަޒީރު
އެންތަނީ އަލްބަނީސް - އޮސްޓްރޭލިޔާގެ އައު ބޮޑުވަޒީރު
ގެޓީ އިމޭޖަސް
އޮސްޓްރޭލިޔާގެ އައު ސަރުކާރު
އޮސްޓްރޭލިޔާގެ އައު ސަރުކާރަށް ޕާލަމެންޓްގެ މެޖޯރިޓީ ލިބިއްޖެ
 
އެންތަނީ އަލްބަނީސް ކެމްޕެއިންކުރެއްވީ ތިމާވެށި ހިމާޔަތްކުރައްވާނެކަމަށް ވިދާޅުވެ

އޮސްޓްރޭލިޔާގައި އަލަށް ހޮވިފައިވާ ލޭބަރ ސަރުކާރަށް ޕާލަމެންޓްގެ މެޖޯރިޓީ ލިބިފައިވާކަމަށް އެނަލިސްޓުން ބުނެފިއެވެ. އައު ބޮޑުވަޒީރު އެންތަނީ އަލްބަނީސްގެ ސެންޓަރ ލެފްޓް ޕާޓީ ވަނީ މޭ 21 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގައި، ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ކޮންޒަވެޓިވް ކޯލިޝަން ބަލިކޮށްފައެވެ. އިންތިޚާބްގައި މިނިވަން ކެންޑިޑޭޓުންނާއި މައިނޯރިޓީ ޕާޓީތަކުގެ ތާއީދު ފުރަތަމަ ފެނުނު ގޮތުން އަލްބަނީސްގެ ޕާޓީއަށް އެކަނި ސަރުކާރު އެކުލަވާލެވޭނެކަން އޮތީ ޔަގީންނުވެފައެވެ. ނަމަވެސް މިހާރު އަލްބަނީސްގެ ޕާޓީއަށް މިވަނީ ތިރިގޭގެ 76 ގޮޑި ޔަގީން ވެފައެވެ. މިއާއެކުވެސް ސެނެޓް ނުވަތަ މަތިގޭން ބިލްތައް ފާސް ކުރުމަށްޓަކައި އަދިވެސް އެހެން ޕާޓީތަކުގެ ސަޕޯޓް، ވެރިކަންކުރާ ޕާޓީއަށް ބޭނުންވާނެއެވެ.

ނިމުނު އިންތިޚާބުގައި އޮސްޓްރޭލިޔާގެ ވޯޓުލެވޭ އާބާދީގެ ތިންބައިކުޅައެއްބައި މީހުން ވޯޓުލީ ބޮޑެތި ޕާޓީތަކަށް ނިސްބަތްނުވާ ކެންޑިޑޭޓުންނަށްކަމަށްވެއެވެ.

އެންތަނީ އަލްބަނީސްގެ ސަރުކާރަކީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާގައި ފުރަތަމަ ވެރިކަމަށް އައި ލޭބަރ ސަރުކާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް