ރާއްޖެއިން ގަތަރާއި އިރާނާ ގުޅުން ކަނޑާލީ ސައުދީން ދިން ކަމަށް ތުހުމަތުކުރާ ފައިސާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އިރާނާއި ގަތަރަކީ ގުބާންކުރާ ކަންބަޅިއަކަށް ދިވެހި ސަރުކާރުން ހެދީ ބިންތައް ގަނެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ދިން ކަމަށް ތުހްމަތުކުރާ ފައިސާގެ ބަދަލެއްގެ ގޮތުގައި،" ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
Iran & Qatar are the sacrificial lambs by Maldives 4 the alleged milns of dollars given to amend the constitution to allow land grabbing.
— Ali Hussain (@AleeVoice) June 10, 2017
ރާއްޖެއިން އީރާނާއި ގުޅުން ކަނޑާލާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 17 ވަނަ ދުވަހުގައެވެ. ގަތަރާ ގުޅުން ކަނޑާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. އިރާނާއި ހާރިޖީ ގުޅުން ކަނޑާލަން ޖެހުނީ، އިރާނަކީ މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ ސަލާމަތާއި ސުލްހަ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ގައުމެއް ކަމުގައިވާތީކަމަށާއި ގަތަރާއި ގުޅުން ކަނޑާލާފައިވަނީ ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާކަމަށްވާތީ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އަލީ ހުސައިން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ގަތަރާއި ގުޅުން ކަނޑާލި އެއް ސަބަބަކީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ކަމަށްވާ ސްޓީލިން ޕެރަޑައިސްގެ މައްސަލަ ކަމަށެވެ.
One of the reasons why Maldives severed its diplomatic ties with Qatar could be @AlJazeera and it's documentary of Stealing Paradise.
— Ali Hussain (@AleeVoice) June 10, 2017
ސްޓީލިން ޕެރަޑައިސް އަކީ ރައީސް އަބްދުﷲ ޔާމީން އާއި ނައިބު ރައީސް އަހްމަދު އަދީބް ހިންގަމުންދިޔަ ކަމަށް ތުހްމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކަށާއި ކޮރަޕްޝަންގެ އަމަލުގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓަރީއެކެވެ.