ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 07:07
މާރަމާރީގެ ތުހުމަތުގައި ހައްޔަރުކުރި ސަޕޯޓަރެއް
މާރަމާރީގެ ތުހުމަތުގައި ހައްޔަރުކުރި ސަޕޯޓަރެއް
މާސާ
ކޮލަމްބިއާގެ ސަޕޯޓަރުންތަކެއް ހައްޔަރުކުރުން
މާރަމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ކޮލަމްބިއާގެ ސަޕޯޓަރުންތަކެއް ހައްޔަރުކޮށްފި
 
ސަޕޯޓަރުން ހައްޔަރުކުރީ ސްޓޭޑިއަމް ކައިރީ ހުންނަ ޕާކެއްގެ ތެރެއިން

މާރަމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ކޮލަމްބިއާގެ ސަޕޯޓަރުންތަކެއް ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ކޮލަމްބިއާގެ ޑިޕޯޓިވް ކާލީގެ 17 ސަޕޯޓަރުންނެވެ. މީގެ އިތުރުން 50 ށްވުރެ ގިނަ ސަޕޯޓަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ސަޕޯޓަރުން ހައްޔަރުކުރީ ކޮޕާ ލިބެރޭޓޯސްގެ ގްރޫޕް ސްޓޭޖުގައި ބޯކާ ޖޫނިއާސްއާ ދެކޮޅަށް ޑިޕޯޓިވް ކުޅެން އޮތް މެޗުގައި މާރަމާރީ ހިންގުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްގެނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ސަޕޯޓަރުން ވަނީ ވަޅިއާ ރޭޒަރު އަދި އަލްކަހޯލް ފުޅިތަކެއް ހިފައިގެން މެޗު ކުޅެން ހަމަޖެހިފައިވާ ސްޓޭޑިއަމް ކައިރީގައި ހަރަކާތްތެރިވެފައެވެ. މި ސަޕޯޓަރުން ހައްޔަރުކުރީ ސްޓޭޑިއަމް ކައިރީ ހުންނަ ޕާކެއްގެ ތެރެއިންނެވެ.

މީގެ ދެތިން ދުވަސް ކުރިންވެސް ޑިޕޯޓިވްގެ ސަޕޯޓަރުން ވަނީ މާރަމާރީއެއް ހިންގާފައެވެ. މި ކުރިމަތިލުންތައް ހިނގާފައިވަނީ ޑިޕޯޓިވްގެ ސަޕޯޓަރުންނާއި ރޭސިންގ ކްލަބްގެ ސަޕޯޓަރުންގެ މެދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް