ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 07:10
ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ޓޮޓެންހަމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގު
ކޮންޓޭ ޓޮޓެންހަމްގައި މަޑުކުރާނެ
 
ޓޮޓެންހަމްއިން އަންނަނީ އިންޓަ މިލާނަށް ކުޅެމުން އަންނަ އިވާން ޕެރިސިޗް ހޯދުމަށްވެސް މަސައްކަތް ކުރަމުން

ޓޮޓެންހަމްއަށް ކޯޗުކޮށްދެމުން އަންނަ އެންޓޯނިއޯ ކޮންޓޭ މިއަންނަ ސީޒްނަގައިވެސް އެޓީމުގައި މަޑުކުރާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ސީޒަން ނިންމުމަށްފަހު ކޮންޓޭ ޓޮޓެންހަމް ދޫކޮށްލާނެ ކަމުގެ އަޑުތައް މީގެ ކުރިން އަޑުއިވުނެވެ. ނަމަވެސް އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ އޭނާ އެޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި ސީޒަންގެ ޕްރިމިއަރ ލީގު ޓޮޓެންހަމްއިން ނިންމާލީ 71 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. މިއާއެކު އެޓީމަށް ވަނީ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

ކޮންޓޭ ޓީމުގައި މަޑުކުރަން ނިންމާފައި ވާއިރު، މިއަންނަ ސީޒަނަށް ޓޮޓެންހަމް އަންނަނީ ވަރުގަދައަށް ތައްޔާރު ވަމުންނެވެ. އެގޮތުން ކްލަބުގެ ކެޕިޓަލް ވަނީ 150 މިލިއަން ޕައުންޑަށް އިތުރު ކޮށްފައެވެ. މިއާއެކު އަންނަ ސީޒަނަށް ވާއިރަށް ރަނގަޅު ކުޅުންތެރިން ޓީމަށް ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ. މިއަންނަ ސީޒަނަށް ވާއިރަށް ޓޮޓެންހަމްއިން ވަނީ ބެކަޕް ކީޕަރެއްގެ ގޮތުގައި ސައުތެންޕްޓަންގެ ފްރޭސާ ފޯސްޓާ އެޓީމަށް ގެންގޮސްފައެވެ.

ކޮންޓޭ ޓީމުގައި މަޑުކުރަން ނިންމުމާއެކު ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން އޭނާގެ ކޮންޓްރެކްޓް އައުކުރުން އެކަށީގެންވެއެވެ. ޓޮޓެންހަމްއިން ކޭންގެ ކޮންޓްރެކްޓް އައުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ކޮންޓޭއާ ގާތް ގުޅުމެއް އޮންނަ ކޭން، ކޮންޓޭއާއެކު ޓީމުގައި މަޑުކުރުން ގާތެވެ. ކޭންއާއި ޓޮޓެންހަމްއާއެކު ކޭން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުއެވެ. ޓޮޓެންހަމްގެ އަމާޒަކީ މިއަންނަ މަހު ކޭންގެ ކޮންޓްރެކްޓް އައު ކުރުމެވެ.

ޓޮޓެންހަމްއިން އަންނަނީ އިންޓަ މިލާނަށް ކުޅެމުން އަންނަ އިވާން ޕެރިސިޗް ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. އިންޓައާއެކު ޕެރިސިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަން ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. ޓޮޓެންހަމްއިން ވަނީ ޕެރިސިޗްއަށް ފަސް މިލިއަން ޕައުންޑްގެ އިތުރުން އެޑްއޮންސް ހިމެނޭ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. ނަމަވެސް ޕެރިސިޗް އެކަމަށް އަދި ގޮތެއް ނުނިންމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް