ކ. މާލެ
|
27 މެއި 2022 | ހުކުރު 13:15
ނާހިލްގެ ކޯޗު ރައުހަތު އޭނާއަށް އިރުޝާދުދެނީ
ނާހިލްގެ ކޯޗު ރައުހަތު އޭނާއަށް އިރުޝާދުދެނީ
ރާއްޖެ އެމްވީ
އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
ބައިވެރިވި ހުރިހާ އިވެންޓެއްގެ ރެކޯޑް ނާހިލް މުގުރާލައިފި!
 
ނާހިލްއަކީ މިފަހަރުގެ މުބާރާތުގައި އެންމެ ކާމިޔާބު އެތުލީޓު
 
ލޯންގް ޖަމްޕުން ނާހިލް ވަނީ ނެޝަނަލް ޖޫނިއަރ ރެކޯޑުވެސް މުގުރާލާފައި
 
ނާހިލް ވަނީ ލޯންގް ޖަމްޕް، 100 އަދި 200 މީޓަރު ދުވުމުގެ ރެކޯޑު ހަދާފައި

މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނާހިލް ނިޒާރު ބައިވެރިވި ހުރިހާ އިވެންޓެއްގެ ރެކޯޑު މުގުރާލައިފިއެވެ.

މުބާރާތުގައި މިއަދު ހެނދުނު ނާހިލް ޕާފޯމްކުރީ ލޯންގް ޖަމްޕް އިވެންޓުގައެވެ. މި އިވެންޓުގައި ނާހިލް ރެކޯޑު ހެދީ 6.43 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއީ ނެޝަނަލް ޖޫނިއަރގެވެސް ރެކޯޑެވެ. މީގެ ކުރިން މީޓްގެ ރެކޯޑަކީ 6.01 މީޓަރެވެ. މީގެ އިތުރުން މިއަދު ހެނދުނު ކުރިއަށް ދިޔަ 17 އަހަރުން ދަށުގެ 4*200 ރިލޭގައިވެސް ނާހިލް ބައިވެރިވި ގދ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މީޓް ރެކޯޑު ހަދާފައެވެ.

މުބާރާތުގައި ނާހިލް އެންމެ ފުރަތަމަ މުގުރާލީ 100 މީޓަރު ދުވުމުގެ މީޓް ރެކޯޑެވެ. 100 މީޓަރު ދުވުމުގައި މީގެ ކުރިން ރެކޯޑު އޮންނަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްދަރިވަރު ރާހިލް ވާފިރު އަތުގައެވެ. ރާފިލް ވަނީ 11.7 ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެން ރެކޯޑު ހަދާފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި ނާހިލް އެރެކޯޑު މުގުރާލީ 11.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދެވަނައަށް ނާހިލް މުގުރާލީ 200 މީޓަރު ދުވުމުގެ ރެކޯޑެވެ. ބުރާސްފަތި ދުވަހު ހަވީރު އޮތް 17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުން ނާހިލް ވަނީ 23.2 ސިކުންތުގެ ތެރޭގައި ރޭސް ނިންމާފައެވެ. މީގެ ކުރިން ރެކޯޑުވެސް އޮންނަނީ ރާފިލް އަތުގައެވެ. ރާހިލް އޭރު ރެކޯޑު ހަދާފައިވަނީ 23.8 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނާހިލް އެރެކޯޑު މުގުރާލީ 23.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ނާހިލް ބުނީ އޭނާއަށް މި ކާމިޔާބީތައް ހޯދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ކޯޗު ރައުހަތު ގުދުރަތުﷲ އާއި ނާހިލްގެ އާއިލާ ކަމަށެވެ. މުބާރާތުގެ ހުރިހާ ރެކޯޑެއް ނާހިލް މުގުރާލުމާއެކު ކޯޗު ރައުހަތު ބުނީ ނާހިލްއަށް މި މުބާރާތަކީ ވަރަށް ލޯޑު ބޮޑުކޮށް ދިޔަ މުބާރާތެއް ކަމަށެވެ. އަދި ރަނގަޅު ރިކަވަރީއަކާއެކު ލޯންގް ޖަމްޕުން ތަފާތު ނަތީޖާއެއް ނެރެވޭނެކަން ކޯޗު ފާހަގަކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
29%
43%
0%
14%
0%
14%
ކޮމެންޓް
27 މެއި 2022 | ހުކުރު 14:35
Ibrahim shiyaz
އަލްހަމްދުﷲ“ނާހިލް ތިހޯއްދެވި ކާމިޔާބީ އަކީ އާއިލާ އަށާ ތިނަދޫ އަށް އަދި މުޅި ހުވަދު އަތޮޅަށް ވެސް ކުޅިވަރުގެ ރޮގުން ލިބގެން ދިޔަ ވަރަށް ބޮޑު ކުރި އެރުމަކާ .ނާހިލް އަށް އިތުރު ކާމިޔާބާ ކުރި އެރުމަށް އެދެން