ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 18:41
ނާހިލް ނިޒާރު، 200 މީޓަރު ދުވުމުގައި މުބާރާތުގެ ރެކޯޑު ހެދުން
ނާހިލް ނިޒާރު، 200 މީޓަރު ދުވުމުގައި މުބާރާތުގެ ރެކޯޑު ހެދުން
ރާއްޖެއެމްވީ
އިންޓަރ ސްކޫލް އެތުލެޓިކްސް
200 މީޓަރު ދުވުމުގެ ރެކޯޑުވެސް ނާހިލް މުގުރާލައިފި
 
200 މީޓަރު ދުވުމުގައި ނާހިލް ރެކޯޑު ހެދީ 23.2 ސިކުންތުން ރޭސް ނިންމައިގެން
 
100 މީޓަރު ދުވުމުގައި ނާހިލް ރެކޯޑު ހެދީ 11.2 ސިކުންތުން ރޭސް ނިންމައިގެން
 
ނާހިލްގެ އަމާޒަކީ ލޯންގް ޖަމްޕުގެ ރެކޯޑުވެސް މުގުރާލުން

މިހާރު ކުރިއަށްދާ 23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގެ ރެކޯޑު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ނާހިލް ނިޒާރު މުގުރާލައިފިއެވެ.

ނާހިލް މި ރެކޯޑު މުގުރާލީ މިއަދު ހަވީރު އޮތް 17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުން އެއްވަނާގައި ރޭސް ނިންމައިގެންނެވެ. ނާހިލް ވަނީ 23.2 ސިކުންތުގެ ތެރޭގައި ރޭސް ނިންމާފައެވެ. މީގެ ކުރިން މުބާރާތުގެ 200 މީޓަރު ރެކޯޑު އޮންނަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްދަރިވަރު ރާހިލް ވާފިރު އަތުގައެވެ. ރާހިލް އޭރު ރެކޯޑު ހަދާފައިވަނީ 23.8 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއީ ނާހިލް މުބާރާތުގައި މުގުރާލި ދެވަނަ ރެކޯޑެވެ. ނާހިލް ވަނީ މުބާރާތުގައި 100 މީޓަރު ދުވުމުންވެސް ރެކޯޑު ހަދާފައެވެ. 100 މީޓަރު ދުވުމުގައިވެސް މީގެ ކުރިން ރެކޯޑު އޮންނަނީ ރާފިލް އަތުގައެވެ. ރާފިލް ވަނީ 11.7 ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެން ރެކޯޑު ހަދާފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި ނާހިލް އެރެކޯޑު މުގުރާލީ 11.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރާއްޖެޓީވީއަށް ދިން އިންޓަރވިއުއެއްގައި ނާހިލް ބުނީ، އޭނާގެ އަމާޒަކީ ލޯންގް ޖަމްޕުގެ ރެކޯޑުވެސް މުގުރާލުން ކަމަށެވެ. ލޯންގް ޖަމްޕު އިވެންޓަށް ނާހިލް ނިކުންނާނީ މާދަމާ ހަވީރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
47%
27%
0%
13%
0%
13%
ކޮމެންޓް