Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 08:58
ގަތަރު ހިމެނޭ ސަރަހައްދު: ގަތަރާ ދެކޮޅު ޤައުމު ތަކުން ވަނީ ލިސްޓެއް އާއްމު ކޮށްފައި
ގަތަރު ހިމެނޭ ސަރަހައްދު: ގަތަރާ ދެކޮޅު ޤައުމު ތަކުން ވަނީ ލިސްޓެއް އާއްމު ކޮށްފައި
ގޫގުލް
ގަތަރުގެ މައްސަލަ
ގަތަރާ ދެކޮޅު ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި
އެ ލިސްޓުގައި 59 މީހަކާ 12 ޖަމާއަތެއްގެ މައުލޫމާތު ހާމަކޮށްފައިވޭ
ސުވާލު ކުރީ ކުވައިތު އަސްކަރިއްޔާއަށް ހާޒިރުކޮށްފައި

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ޤަތަރާއި ގުޅުން ކަނޑާލައި ފިޔަވަޅު އަޅާފައިވާ މެދު އިރުމަތީގެ ގައުމުތަކުން ނެރުނު ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ކުވައިތުގެ ރައްޔިތުންނާ ސުވާލުކޮށްފިއެވެ.
ސައުދީ އަރަބިއްޔާއާއި މިސްރު އޫއޭއީ އަދި ބަހްރެއިނުން ގުޅިގެންވަނީ ޓެރަރިޒަމަށް ފަންޑުކުރާކަމަށްބުނީ 59 މީހަކާއި 12 ޖަމާއަތެއްގެ މައުލޫމާތު އާއްމުކޮށްފައެވެ. މި ލިސްޓްގައި ކުވައިތުގެ ތިން ރައްޔިތަކު ހިމެނެއެވެ.

ކުވައިތުގެ މީޑިއާއިން ބުނީ މި ލިސްޓުގައި ހިމެނޭ ހައްޖާޖް އަލް އަޖަމީއާއި، ހަކީމް އަލް މުތައިމީއާއި ހަމީދު އަލް އަލީ ކުވައިތުގެ އަސްކަރިއްޔާއަށް ހާޒިރުކޮށް އެމީހުންނާއި ސުވާލުކޮށްފައިވާ ކަމުގައެވެ. އެމީހުންނާއި ސުވާލު ކުރުމުގެ އިތުރުން އެމީހުންގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވާކަމަށް މީޑިއާއިން ބުނެއެވެ.

މީގެ އިތުރުން ކުވައިތުގެ ނޫސް ތަކުގައި ބުނެފައިވަނީ މި ތިން މީހުންގެ ހަރަކާތްތައް ވަކި މުއްދަތެއް ވަންދެން ކުވައިތު ސިފައިން ވަރަށް ހާއްސަގޮތެއްގައި ބަލަމުންވެސް ގެންދާނެ ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް